Search Streamline Icon: https://streamlinehq.com

އައްޑޫ ސިޓީ ފޭދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަދަނޑު ރައީސް ހުޅުއްވައިދެއްވައިފި

F5W3ZXCaYAABPX4

އައްޑޫ ސިޓީ ފޭދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރި ފުޓްބޯޅަ ދަނޑު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރޭ ހުޅުވައިދެއްވައިފިއެވެ.

އައްޑޫ ސިޓީ ފުޓުބޯޅަ ދަނޑު ރައީސް ޞާލިޙް ހުޅުވައިދެއްވީ އިއްޔެ އައްޑޫއަށް ފެއްޓެވި ކެމްޕޭނު ދަތުރުފުޅުގައި ފޭދޫ އަށް ވަޑައިގަންވައި ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.

ރޭ ރައީސް ޞާލިޙް ހުޅުވައިދެއްވި ފޭދޫ ފުޓުބޯޅަ ދަނޑަކީ، ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީއާ އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ރައީސް އޮފީހުން ބުނީ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައި ވާކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *