ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ލިބުނު ދެރެއާއިއެކު ދެވަނަ ބުރުގައި ޑރ މުއިއްޒުއަށް އެންޓި ކެމްޕއިން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އަންގާފައިވާކަން ހާމަވެއްޖެއެވެ.
މި މަހުގެ 9 ވަނަ ދުވަހުބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެ، ކުރެއްވި ކެމްޕެއިން އާއި ކުރެއްވި ޚަރަދަށް ވާވަރަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ހޯދިފައެއްނުވެއެވެ.
މި އޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުރަތަމަ ބުރުން ލިބުނު ދެރެއާއިއެކު ރައްތަކުގެ ކެމްޕެއިން ޓީމުތަކުގެ އިސްކޮށްތިއްބެވި ބޭފުޅުން ވަނީ މޭލެ ގެންގޮސް، ކުރި ޚަރަދާއި ބަލާ ވޯޓު ނުލިބުނު މައްސަލަ ބަލާފައެވެ. އަދި އެއަށްފަހު ކުރިޔަށް އޮތް އިންތިހާބުގެ ދެވަނަ ބުރުން މޮޅުވެވޭނެ ހަމައެކަނި ގޮތަކީ އިދިކޮޅު ކެންޑިޑޭޓް ޑރ މުއިއްޒުއަށް އެންޓިކެމްޕެއިން ކުރުންކަމަށް އަންގާފައެވެ.
ރައީސް އިބްރާހިމް ،މުހައްމަދު ސޯލީހަށް ވޯޓު ހޯދުމުގެ ގޮތުން ބައެއް މީޑިއާތަކަށް ތަފާތު ޕެކޭޖްތައް ދީގެން އިދިކޮޅު ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމަށްވެސް ވަނީ އަންގާފައެވެ.
ނިމިގެން މިދާ ފަސް އަހަރު ތެރޭގައި ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ގިނަ ވައުދުތައް ނުފުއްދި، ފަށާފައިވާ ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދެވުމަކީ މި ސަރުކާރުން ރައްޔިތުންގެ ކުރިމަތީގައި ފެއިލްވި ސަބަބުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.









