މި ސަރުކާރުން ކެމްޕެއިން ނުކޮށް ތިބެ ކުރަނީ ވައްކަން ކަމުގައި ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ
އިދިކޮޅު ކޯލިޝަނުން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ސަރުކާރުން ކެމްޕެއިން ކުރާ ތަނެއް ނުފެންނަ ކަމަށާއި ކުރަނީ ވަންކަން ކަމަށެވެ.
ސަރުކާރުން އެތައް ބައެއްގެ ހައްގު ނިގުޅައިގަންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އަދުރޭ ވަނީ ތުހުމަތު ކުރައްވާފައެވެ.
”ކުއްލި ގޮތަކައް މި ނޫސްވެރިންގެ ބައްދަލުވުން ބާއްވަން މިޖެހުނީ އަޅުގަނޑުމެން މި ވަރައް ކެމްޕެއިން ކުރަމުންދާ އިރު ސަރުކާރުގެ ކެނޑިޑޭޓްގެ ކެމްޕެއިން ނުކޮށް މާލޭގައި ތިއްބަވައިގެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާތީ އެކަން ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން.“ އަދުރޭ ވިދާޅުވިއެވެ.
ދެދުވަސް ތެރޭގައި 25،000 މީހުނަށް ފޯމް ހުށަނޭލޭނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެއާއި އެކު އެތަކެއް ބޭފުޅުން ކުރީގައި ރަޖިސްޓްރީ ކުރި ތަން ނޫން އެހެން ތަން ތަނަށް ރެޖިސްޓްރީ ވެފައިވަ ކަމުގެ ޝަކުވާވެސް އައިސްފައިވާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނީމާ މިހާރު ވިސްނަނީ އިންތިހާބު ވަގަށް ނަގަން ކަމަށް އަދުރޭ ވަނީ ވިދާޅުވިއެވެ. އަދި އެކަން ސަރުކާރަށް ކާމިޔާބު ނުވުމައްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށާއި އަދި ކޯލިޝަނުންވެސް މިތިބީ އެކަން ފެއިލް ކޮއްލަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ތިބި ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ހުރިހާ ރައްޔިތުން ސަރުކާރުން ކުރަމުން މިދާ ވައްކަމަށް ސަމާލުވެ، އަބަދުވެސް ރަޖިސްޓްރީ ވެފައިވާ ތަން ބަލާ ޗެކް ކުރަމުން ގެންދިޔުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.
ވީ.އާރ އައި.ޑީ. ކާރޑް ނަމްބަރ ޖަހާ 1414 އަށް މެސެޖް ކުރުމުން އެގޭނެ ކަމަށާއި ކޮންމެ ދުވަހަކު ބަލާ ފާސް ކުރަމުން ގެންދިޔުމަށް އަދުރޭ ވަނީ ގޮވާލާފައެވެ. ޝަކުވާ ހުޝަހެޅޭނީ ވޯޓާސް ލިސްޓް ނެރުމުން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.









