Search Streamline Icon: https://streamlinehq.com

އިންޑިއާގެ ބޮޑުވަޒީރު މޯދީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް މަރުޙަބާ ދަންނަވައިފި

Modi

ރަޢީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙްއާ ވާދަކުރައްވައި ބޮޑު ތަފާތަކުން ރިޔާސީ އިންތިޚަބު ކާމިޔާބުކުރެއްވި ދިވެހި ރާއްޖޭގެ އިންތިޚާބީ ރައީސް ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރުމިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގަ އެވެ.

އިންޑިއާއިން ޑރ. މުޢިއްޒު އަށް މަރުޙަބާ ދެންނެވުމުގެ ކުރިން ޗައިނާއިން ވަނީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އަށް މަރުޙަބާ ދަންނަވާފައެވެ.

ޚާރިޖީ ސިސާސަތާއި ބެހޭގޮތުން ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ވަކި ޤައުމެއް ތަފާތު ކުވާގޮތަށް ހުރިހައި ޤައުމަކާއިވެސް އެކުވެރިކަމާއި އެކު ގާތް ގުޅުމެއް ޤާއިމު ކުރައްވާނެ ކަމުގައެވެ. އަދި އެ ގުޅުމަކީ ކިތަންމެ ގާތް ގުޅުމަކަށް ވިޔަސް އެގުޅުމުގެ ސަބަބުން ދިވެހިންގެ މައްޗަށް އަތްގަދަކުރެވޭނެ އެއްވެސް ބަޔަކު ނުވަތަށް ޤައުމެއްވެސް ނާންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އަބަދުވެސް އިސްކުރައްވާނީ ދިވެހިން ކަމަށާއި، ދިވެހިން ތިބި ގައުމުތަކާއި، އަދި ދިވެހިން އާންމުކޮށް ދާ ގައުމުތަކާއި ދެމެދު ގާތް ގުޅުމެއް ބާއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޢީއްޒު ވިދާޅުވީ ދުނިޔޭގެ އެއްވެސް ޤައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅައި ދާކަމުގައިވާނަމަ އެކަމަށް ޖާގަ ނުދެވޭނެކަމުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *