Search Streamline Icon: https://streamlinehq.com

އިށީންނާނެ ގޮނޑިއެއް، ކުރާނެ ކަމެއް ނެތި އެތައް މުވައްޒަފުން ނަގާފައި އެބަހުރި: އަފީފް

Capture

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ނަގަމުންދަނީ އިށީންނާނެ ގޮނޑިއެއް، ކުރާނެ މަސައްކަތެއް ނެތި ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފް މިހެން ވިދާޅުވީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

އަފީފް ވިދާޅުވި ގޮތުގައި ކުންފުނިތައް މަތިބަރުވާ ވަރަށް މި ސަރުކާރުން ވަނީ މުވައްޒަފުން ނަގާފައެވެ. އަދި އޭގެތެރެއިން ގިނަ މުވައްޒަފުންނަކީ ކުރާނެ އެއްވެސް މަސައްކަތެއް ނެތި ހަމައެކަނި ޑިއުޓީއަށް ހާޒިރުވެ ސޮއިކޮށްލާފައި ގެޔަށް ދާ މީހުން ކަމުގައި އަފީފް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ކަންކަން ބެލެންޖެހޭ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފު އިތުރަށް ވިދާޅުވީ، ފެނަކައިގެ މަތިބަރު ކަމުގެ ވާހަކަ އިވެމުންދާ ކަމަށެވެ. އެގޮތުން، ފެނަކައަށް ނަގާފައިވާ އެތައް މުވައްޒަފުންނަކީ އެ ކުންފުންޏަށް ބޭނުންވެސް ނުވާ މުވައްޒަފުން ކަމަށެވެ.

އެކަށީގެންނުވާ ވަރަށް ގިނައިން މުވައްޒަފުން ނަގައި ޚަރަދު ކުރަމުންދަނީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާ ޚަރަދުކުރާންޖެހޭނީ ދިވެހި ރައްޔިތުންނަށް ފައިދާވާގޮތަށް، އެއްވެސް އިސްރާފެއް ނުވާ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ފެންނަމުން ދަނީ އެ އުސޫލާ ޚިލާފަށް ސަރުކާރު ކުންފުނިތަކުގެ ފައިސާ ބޭނުން ކުރެވެމުންދާތަން ކަމަށާ، އެކަން ކަން ބެލެންޖެހޭ ކަމަށް އަފީފު ވިދާޅުވި އެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން އެކަން ނުކޮށްފިނަމަ ފެންނާނީ ބޭކާރު، އަދި ނާޖައިޒް ޚަރަދުތައް ކުރަމުންދާތަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *