ރެޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީ އެމީހާއަށް ނޭޣި ބަދަލުކުރާ ކަމުގެ ޝަކުވާތައް އަދިވެސް ގިނަ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މީހުންގެ ލިސްޓެއް އިއްޔެ އީސީން ވަނީ އާންމުކޮށްފައެވެ. މި ލިސްޓާއި ގުޅިގެން ޕާޓީ ބަދަލުކުރެވިފައިވާ ޝަކުވާތައް ކެނޑިނޭޅި ލިބެމުންދާ ކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީގެ ނައިބު ރައީސް އިސްމައިލް ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންގެ ލިސްޓެއް އާންމު ކުރެވުނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްޚަކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.
މި ލިސްޓު އީސީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ލިސްޓުގައި ނަން އޮތްތޯ ޗެކްކުރުމަށް PP ޖެހުމަށް ފަހު ހުސް ތަންކޮޅެއް ދޫކޮށްލާފައި އައިޑީކާޑު ނަމްބަރު ޖަހާފައި 1414 އަށް ފޮނުވާނީ އެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގައި އެ މީހެއްގެ ނަން އޮތް ގޮތާއި މެދު ޝަކުވާ އެއް އޮތް ނަަމަ ޝަކުވާ ހުށަހެޅުމަށް ވެސް އީސީން ވަނި އެދިފަ އެވެ.
އެ ޝަކުވާ ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެރ 30 އާ ހަމައަށެވެ. މި މެއިލަށް [email protected] ޝަކުވާ ފޯމު ފޮނުވޭނެ އެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އަދާލަތު، ޖުމްހޫރީ ޕާޓީ، އެމްއެންޕީ، ދަ ޑިމޮކްރެކްޓްސް، އެމްއާރްއެމް، އެމްޑީއޭ އަދި އެމްޓީޑީއެވެ.









