ސޯޝަލް މީޑިއާއަކީ ދޭދޭ މީހުންގެ ޚިޔާލާއި މިސްރާބު ބަދަލުކޮށްލުވާ ވަރުގަދަ ފިކުރީ ހަތިޔާރެކޭ ބުނެވިދާނެއެވެ. ސަބަބަކީ އޭގައި ޖަހާލާ އެންމެ ޕޯސްޓެއްގެ ސަބަބުން މީހުންގެ ފިކުރުތަކާއި ކުޅެލާ، މީހުންގެ ވިސްނުމާއި ފޯކަސް ގެއްލުވާލާތީއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން އެންމެން ، މުޅި ޤައުމު، މުޅި ދުނިޔެ އަޑަކަށްވީ ޙައްޤަކާއި ނުލައި، ޔަހޫދީން ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންއަންނަ ލާއިންސާނީ އަނިޔާތަކުގެ ވާހަކައެވެ. އެނިކަމެތި އަޙުންނާއި އުޚުތުންނަށް އަޅުގަނޑުމެންގެ ހިތުގައި އޮތް ރަޙްމާއި ކުލުނު ބަންޑުންކޮށްލީ ހިފެހެއްޓުމެއް، ސުމާރެއް ނެތް މިންވަރަކަށެވެ. އެއާއިއެކު ނުބައިނުލަފާ ޖައްބާރު ޔަހޫދީނަށް ބަދު ބަސްތަކާއި ލައުނަތް ދިނީ ވެސް އިންތިހާއަށެވެ. އެއާއިއެކު ޔަހޫދީންގެ އުފެއްދުންތައް ބޮއިކޮޓްކޮށް އެބައިމީހުންގެ އިޤްތިޞާދު ވައްޓާލިއެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ މަގުތަކަށް ތޮއްޖެހޭވަރަށް އެ ޤައުމުތަކުގެ ރައްޔިތުން ނިކުމެ ފަލަސްޠީންގެ ޙައްޤުތަކަށް އަޑު އުފުލިއެވެ.
އަޅުގަނޑުމެންގެ ރާއްޖެ ނިސްބަތުން ކިތަންމެ ކުޑަކަމުގައިވިޔަސް، މީސްކޮޅު މަދުކަމުގައިވިޔަސް، އަޅުގަނޑުމެން އަޑު އެއަށްވުރެންވެސްގަދަކުރިއެވެ. ޔަހޫދީންގެ އަނިޔާވެރިކަމުގައި އެތައް މުސްލިމުންނެއް ނެތި ފަނާކޮށްލުމަށް ދެމުންގެންދާ އަނިޔާއާއި ދެކޮޅަށް މުޅި ރާއްޖެ ތެދުވިއެވެ. އަޅުގަނޑުމެންގެ އެއްބައިވަންތަކަން، ދީނީ ލޯބި، އިންސާނިއްޔަތު، މުޅި ދުނިޔެއަށް ފެނިގެންދިޔައީ ސޯޝަލްމީޑިއާގެ ޒަރީއާއިންނެވެ. އެއާއިއެކު ޔަހޫދީނަށް ވެސް ރާއްޖެއާއި މެދު ޖެހިލުންވިއެވެ. އެ ޔަހޫދީންގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެބައިމީހުންގެ ވެރިން ގޮވާލިއެވެ.
މުޅި ދުނިޔޭގައި އެބައިމީހުނާއި ދެކޮޅަށް އަޑުތައް އުފުލެން ފެށުމުން މީހުންގެ ފޯކަސް ގެއްލުވާލުމަށް މުޅި ސޯޝަލް މީޑިއާގައި އެބައިމީހުން ފޭކް ވީޑިއޯތަކާއި، ޚަބަރުތަށް ފަތުރަންފެށިއެވެ. ޔަހޫދީނަށް ތާއީދުކުރާ ފޭސްބުކުންވެސް އަޅުގަނޑުމެން ފަލަސްޠީނަށް ތާއީދުކޮށްލާ ފޯސްޓްތައް ރިމޫވް ކުރިއެވެ. ބައެއް އެކައުންޓްތަށް ބްލޮކް ކުރިއެވެ. އެވަރަކުން އަހަރެމެން ދިވެހިން ދުލެއްނުކުރެއެވެ. ޙައްޤުބަސް ބުނުމުގައި ސާބިތުވެ ތިބީއެވެ.
އެހެންނަމަވެސް އަޅުގަނޑުމެން މިވަނީ އަމިއްލައަށް ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ މަތިން ހަނދުމަނެތިފައެވެ. ފޭސް ބުކުގައި ޖަހާލި އެންމެ ޕޯސްޓެއްގެ ސަބަބުންނެވެ. އަހަރެމުންގެ ޖީލުތަކުގެ ވާހަކައިންނެވެ. މުޅި ސޯޝަލް މީޑިއާގައި އެބައެއްގެ ޖީލުގައި ކޮށްފައިހުރި ކަންކަން ފަހުރުވެރިކަމާއި، މަޖަލުގައި ދައްކަމުން އަންނަނީ އެވެ. މުޅި ފީޑް ފުރާލާފައިވަނީ ޖީލުތަކުގެ ވާހަކައިންނެވެ. ޖީލުތަކުގެ ވާހަކަތަކުގެ އަޑުގަދަވެ، ޖީލެއް ފަނާކޮށްލާކަން މަޑުމަޑުން އަހަރެމެން ހަނދާނެތެންފެށީބާއެވެ. ކުރިން ކޮންމެދުވަހަކު އެތައްފަހަރަކު ފޭސްބުކްގައި ފަލަސްޠީންގެ ރައްޔިތުންނަށް ހެޔޮ ދުޢާކޮށް، ޖެހި ޕޯސްޓްތައް މިހާރަކު ނުފެނެއެވެ.
ޖީލުގެވާހަކަ ދެއްކުން ގޯހެއް ނޫންނެވެ. ދައްކަންވިއްޔެވެ. އެކަމަކު ޖާހިލު ޖައްބާރު، ނުލަފާ ޔަހޫދީން ނިކުމެ، ފަލަސްޠީންގެ ޖީލު ނެތިފަނާކޮށްލުމަށް ހިންގަމުން އެދާ އަނިޔާވެރި ޖަރީމާގެ ވާހަކަ ދައްކަމާތޯއެވެ. ޖީލެއް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ ދުޢާގައި އެ ޖީލު ބައިވެރިކުރަމާތޯވެ.











