Search Streamline Icon: https://streamlinehq.com

ފަހުގެ

ނައިބު ރައީސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

Faisal Naseem

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތަކީ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބައްލަވައިލެއްވުމަށާއި، އެ މުއައްސަސާގެ އިސްވެރިން ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ނައިބުރައީސް ފައިސަލް ނަސީމް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެމަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެމަރުކަޒުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެބޭފުޅުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި ކުރިޔަށް އޮތްތަނުގައިވެސް ވީހާވެސް ރަނގަޅަށް މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި