Search Streamline Icon: https://streamlinehq.com

ގެއެއްގެ ބެލްކަންޏެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

Accident Male fenvaruonline

މާލޭ މާފަނުގައި ހުރި އިމާރާތެއްގެ ބެލްކަންޏެއް މީހެއްގައި ގައިމައްޗަށް ވެއްޓިއްޖެ އެމީހާއަށް އިމަޖީސަގައި ފަރުވާދޭން ފަށައިފި އެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މިހާދިސާގައި ބެލްކަނި ވެއްޓިފައިވަނީ މާފަންނު ޖަވާހިރު މަގުގައި ހުރި ގެއެއްގެ އެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

މިހާދިސާގައި ބެލްކަނި ވެއްޓޫމުގެ ސަބަބުން އެދިމާލުގައި ޕާކުކޮށްފައިހުރި ސައިކަލް ތަކަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ފުލުހުން ވިދާޅުވީ މިއަދު 13:18 ކަންހާއިރު ގެއެއްގެ ބެލްކަނިވެއްޓި މަގުމަތީގައި ހުރިމީހަކަސް އަނިޔާވެފައިވާކަމުގައެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމށާއި، އައިޖީއެމް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާދެމުން އަންނަކަމުގައެވެ. އަދި މިކަމާގުޅޭ ކަންނަކަން ޙިއްޞާކުރަން ޖެހޭ ފަރާތްތަކާއި ޙިއްޞާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *