ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ގއ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ 11 ޖެހުމާ ހަމައަށް އެސަރަހައްދަށް ޔެލޯ އެލާޓް ނެރޭކަމުގައެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އާދައިގެ ވަރަކަށް ކަނޑު މަޑުވާނެކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.
އަދި ކަނޑުދަތުރުތައް ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.









