އިސްރާއީލުން ޣައްޒާގެ ޖަބަލިއާ ކޭމްޕުގެ އެންމެ ބައިބޯ ހިސާބަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ 32 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ ޣައްޒާގެ އުތުރު ސަރަހައްދުގައި އޮންނަ ޖަބަލިޔާ ކޭމްޕުގެ އެންމެ މީހުން ގިނަ ހިސާބަށް ޔަހޫދީ އަސްކަރިއްޔާއިން މިއަދު ދިން ބޮމުގެ ހަމާތަކުގައި ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ 32 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 19 ކުޑަކުދިންވެސް ހިމެނޭކަމަށެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ އިސްރާއީލުން ހަމަލާދީ ޝަހީދުކޮށްލާފައިވަނީ އަބޫ ހަބަލް އާއިލާއަށް ނިސްބަތްވާ 32 މީހުންކަމަށެވެ. އަދި ޝަހީދުވި އެންމެގެން ނަން ހިމެނޭގޮތަށް މިހާރު ލިސްޓެއްވެސް އާންމުކޮސްފައިވާނޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
“ ޖަބަލިޔާގައި ހުންނަ އެންމެ މީހުން ގިނަ ކޭމްޕަށް ޔަހޫދީން ދިން ބޮމުގެ ހަމަލާގައި އެއް އާއިލާއަކަށް ނިސްބަތްވާ 32 މީހުން ވަނީ ޝަހީދުވެފަ. އޭގެ ތެރޭގައި 19 ކުޑަކުދިންވެސް ހިމެނޭ. އެއީ އަބޫ ހަބަލް އާއިލާއަށް ނިސްބަތްވާ 32 މީހުން. އެ އެންމެންގެ ނަންތައް ހިމެނޭ ލިސްޓެއް މިހާރު ވާނީ އާންމުކޮށްފަ.“ ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.









