Search Streamline Icon: https://streamlinehq.com

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދަކީ 77: މުހައްމަދު ފިރުޒުލް

Firuzul

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް، ދިވެހިރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ، ސަރުކާރަށް މިހާތަނަށް ލިބުނު މައުލޫމާތު ތަކުން އެނގޭ ގޮތުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދަކީ 77 ކަމަށެވެ.

އޭގެ ތެރެއިން 24 ސިފައިން ތިބީ އިންޑިޔާއިން ހަދިޔާކުރި އެއް ހެލިކޮޕްޓަރު ބަލަހަށްޓައި ދުއްވުމަށް ކަމަށާ އަދި އަނެއް ހެލިކޮޕްޓަރ ދުއްވުމަށް 26 ސިފައިންތިބި އިރު، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން ތިބި ކަމަށް ފިރުޒުލް ވިދާޅުވި އެވެ. މީގެ އިތުރުން މެއިންޓަނަންސް އާއި އިންޖީނިއަރިން ފަދަ ކަންކަން ކުރުމަށް އިތުރު ދެ ސިފައިން ތިބި ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހިން ބޭނުން ނުވާ ކަމެއް ކަމަށް، ދިވެހި ރައްޔިތުން ނިންމާފައިވާއިރު، އައުސަރުކާރުގެ މަސައްކަތް ބައްޓަން ވެފައިވަނީ އެ ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ. އަދި މިހާރުވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމާއި، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާގޮތަށް ހަދާފައި ހުރި އެއްބަސްވުންތައް ހާމަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އިންޑިޔާ އާއި ވާހަކަ ދައްކައިގެން އެ ގައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށްވެސް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާއިރު އެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *