Search Streamline Icon: https://streamlinehq.com

ޑެޕިއުޓީ ކޮމިޝަނަރު މަންނާނާއި އަލީ ރަޝީދު މަގާމުން އިސްތިއުފާދެއްވައިފި

380737 3 e883b661d4fb717b39069d15a873249986268c4a large

ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި އަބްދުލް މަންނާން ޔޫސުފް އާއި އަލީ ރަޝީދު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވައިފައި ވަނީ ސަރުކާރުން އެކަން އެގޮތަށް ކުރުމަށް އަންގައިގެންނެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވިކަން ހޯމް މިނިސްޓަރު، އިހުސާން އަބްދުﷲ ވަނީ ”އަދަދު“ އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ދެ ބޭފުޅުން ވެސް މަގާމުން ރިޓަޔަރ ކުރައްވާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ޑީސީޕީ މަންނާނު ހުންނެވީ މިވަގުތު ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެވަޑައިގެންނެވެ. އޭނާއާ ފުލުހުންގެ އިދާރާގެ ހިންގުން ހަވާލުކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙައްމަދު ހަމީދު މި މަހުގެ 15 ވަނަ ދުވަހު މަގާމުން ރިޓަޔަރ ކުރެއްވުމުންނެވެ.

ފުލުހުންގެ އިދާރާއާ ވަގުތީގޮތުން ހަވާލުވެ ހުންނެވި މަންނާނު ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރީ ނޮވެމްބަރު 2018ގައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 29 އަހަރު ޚިދުމަތް ކުރައްވައިފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *