Search Streamline Icon: https://streamlinehq.com

ޔަހޫދީން ބޮމުގެ ހަމަލާ ދީ ލުބުނާނުން 2 ނޫސްވެރިންނާއި އުމުރުން ދުވަސްވީ އަންހެނަކު ޝަހީދުކޮށްލައިފި

AP23289573075890

ޔަހޫދީ އަސްކަރިއްޔާއިން ލުބުނާނަށް ބޮމުގެ ހަމަލާ ދީ ދެ ނޫސްވެރިއަކާއި އުމުރުން ދުވަސްވީ އަންހެނަކު ޝަހީދުކޮށްލައިފިއެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާއާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ލުބުނާނުގެ ދެ ނޫސްވެރިންގެ އިތުރުން އުމުރުން 80 އަހަރުގެ އަންހެނަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި މި ހަމަލާގައި ޝަހީދުވި އުމުރުން 80 އަހަރުގެ މި އަންހެން މީހާގެ މާމަ ދަރިފުޅުވެސް ޒަޚަމްވެފައި ވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުން އިސްރާއީލާއި ލުބުނާނު ގުޅޭ ބޯޑަރު ސަރަހައްދުގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން މިއަދު ވަނީ ގިނަ އަދަކަށް ބޮމުގެ ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި ޝަހީދުވެފައިވަނީ ލުބުނާނުގެ އަލް މަޔާދީން ޓީވީގެ ކެމެރާމަން ރާބިހް މާމާރީ އާއި، ނޫސްވެރިޔާ ފަރާ އުމަރު ކަމަށް އަލް މަޔާދީން އިން ބުނެފައިވެއެވެ.

މި ހަމަލާތައް ދީފައިވަނީ އިސްރާއީލުގެ ބޯޑަރާ ގާތްގަނޑަކަށް 1.6 ކިލޯމީޓަރު ދުރުގައި އޮންނަ ތިރް ހަރްފާ އަވަށުގެ ގެތަކަށް ކަމުގައިވެސް ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ފަހަކަށް އައިސް ލުބުނާނުގެ ހިޒްބުﷲ އާއި އިސްރައީލުގެ އަސްކަރިއްޔާއިން ބަދަލުކުރާ ހަމަލާތައް އިތުރަށް ވަރުގަދަވެފައިވާއިރު، ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް ބެލިސްޓިކް މިސައިލުން ހަމަލަދީ އެތަން އެއްކޮށް ހަލާކުކޮށްލާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *