Search Streamline Icon: https://streamlinehq.com

ރައީސް ޑރ. މުޢިއްޒުގެ އިސްތިއުފާއަށް މަލީހު ގޮވާލައްވައިފި

380982 3 e4afe349177aee388e2b0e8d1a54ae1ebc394ff1 large

މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ޕީޕިއެމުން ވަކިކޮށްފައިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް މަލީހު ގޮވާލެއްވީ އޭނޭ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި މަލީހު ވިދާޅުވީ ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާފައިނުވާ ކަމަށާއި އަދި ވެރިކަމަށް ވަޑައިގެންނެވުނު ގޮތް މުޢިއްޒު ހަނދުމަފުޅު ނެތް ކަމަށެވެ. އަދި ޑރ. މުއިއްޒުގެ ވެރިކަމުގެ ލެގިޓިމަސީ ގެއްލިއްޖެކަމަށާއި ވަގުތުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށް މަލީހު ގޮވާލައްވާ ކަމަށް މަލީހު ވިދާޅުވިއެވެ.

”ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ނުކުރެއްވި. ވެރިކަމަށް ވަޑައިގަތް ހުސް ގޮނޑި ހަދާން ނެތިއްޖެ. ޑރ. މުއިއްޒުގެ ވެރިކަމުގެ ލެގިޓިމަސީ ގެއްލިއްޖެ. ވަގުތުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލަން.“ މަލީހު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެނެޓް މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ ޕާޓީގެ ހަރަކާތްތަކުން މަލީހު ސަސްޕެންޑްކޮށް ލީޑަޝިޕްގެ ފަރާތުން ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު މިހާރު ވަނީ އޭނާ ޕާޓީން ވަކިކޮށްފައެވެ.

މީގެ ކުރިން ޕީޕީއެމުން މަލީހް ސަސްޕެންޑް ކުރުމުން މަލީހް ވަނީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާއުގައިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށާއި، ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *