Search Streamline Icon: https://streamlinehq.com

ތުނޑީ ފުޓްސަލް ޗެލެންޖް 2023: މުބާރާތުގެ ސެމީފައިނަލް މެޗުތައް މިރޭ!

AFRAH [Autosaved]

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން ބާއްވާ ”ތުނޑީ ފުޓްސަލް ޗެލެންޖް 2023“ ގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެއެވެ.

ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޕާކް ޕްލަގް އާއި ޖީޖީ އެސްސީ އެވެ. މި މެޗު ކުޅޭނީ މިރޭ 8:30 ގައެވެ.

މި ދެޓީމު ސެމީއަށް ދަތުރުކުރި ގޮތަށް ބަލާއިރު، ސްޕާކް ޕްލަގް އިން ސެމީގެ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އެފްސީ ކިންގް ބަލިކުރުމަށް ފަހުގައެވެ. ސްޕާކް ޕްލަގް އިން ކުއާޓާގައި އެފްސީ ކިންގް ބަލިކުރީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިރޭ ސްޕާކް ޕްލަގް އާއި ދެކޮޅަށް ނުކުންނަ ޖީޖީ އެސްސީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި އެލްވައިޑީއާއި ވާދަކޮށް 7-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ސެމީ ފައިނަލުގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފެނަކަ މާބައިދޫ ބްރާންޗް އާއި ފޮއެމަތި ސްޕޯޓްސް ކުލަބް އެވެ. މި މެޗު ފެށާނީ މިރޭ 9:30 ގައެވެ.

މި ދެޓީމު ސެމީއަށް ދަތުރުކުރި ގޮތަށް ބަލާއިރު، ފެނަކަ މާބައިދޫ ސެމީއިން ޖާގަ ހޯދީ ޑިޓްރޮއިޓްސް އާއި ވާދަކޮށް ޕެނަލްޓީގައި 7-6 އިން މޮޅުވެގެންނެވެ. ސެމީގައި ފެނަކަ މާބައިދޫ އާއި ދެކޮޅަށް ނުކުންނަ ފޮއެމަތި ސްޕޯޓްސް ކުލަބުން ސެމީގެ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ބެސްޓް 1-0 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.

މިރޭ ކުޅެން ޖަމަޖެހިފައިވާ ސެމީ ފައިނަލް މެޗުތައް

ސްޕާކް ޕްލަގް – ޖީޖީ އެސްސީ (8:30)

ފެނަކަ މާބައިދޫ ބްރާންޗް – ފޮއެމަތި ސްޕޯޓްސް ކުލަބް (9:30)

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *