Search Streamline Icon: https://streamlinehq.com

އަމިއްލަ ނަފުސު އިސްލާޙު ނުކޮށް ޤައުމު އިސްލާހެއް ނުކުރެވޭނެ: ޚުތުބާ

A4184a05 9512 4eba a9fc c0c8fe9ae6f2

މުޅި ޤައުމު އިސްލާހުވުން އޮތީ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގައި ހުރިނަމަ ހުރި ނުބައިކަމަކާއި ދުރުވެގެން ކަމަށާއި އަމިއްލަ ނަފުސު އިސްލާހު ނުކޮށް ގައުމެއް އިސްލާހު ނުކުރެވޭނޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޤައުމު އިސްލާހުވުން އޮތީ ނަފްސުތައް އިސްލާހުވެގެން‘ މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ މުޅި ޤައުމު އިސްލާހުވުން އޮތީ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގައި ހުރިނަމަ ހުރި ނުބައިކަމަކާއި ދުރުވެގެން ކަމަށާއި އަމިއްލަ ނަފުސު އިސްލާހު ނުކޮށް ގައުމެއް އިސްލާހު ނުކުރެވޭނޭ ކަމަށެވެ.

އަދި އެހެން މީހުންގެ ކިބައިގައި ހުރި އުނި ކަންތައްތަކާއި, ޢައިބުތަކުގެ ވާހަކަ ދެެއްކުމުގައި ވަގުތު ބޭކާރު ނުކޮށް, މާތް اللهގެ ހައްގުތަކަށާއި އިންސާނުންގެ ހައްގުތަކަށް އަރައިގަނެވިފައިވާ ކަމަށް އިއުތިރާފްވާން ޖެހޭ ކަމަށެވެ. އަދި ތިމާގެ ނަފްސުގެ އުނިކަމާއި ހުތުރު އާދަތައް ހަރުލާފައި އެބަހުރި ކަން ޤަބޫލުކޮށް, އެކަންކަމުން މިންޖުވުމުގެ މަގަށް އެނބުރި ރުޖޫޢަ ވާން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

އަމިއްލާ ނަފްސާމެދު ހިޔާލު ކުރުމަށް ވަގުތު ހުސްކޮށްލުން ކަމަށް ވެސްވ މިއަދުގެ ހުތުބާގައި ބުންޏެވެ. އަލްއިމާމުއް ތަބަރާނީ ރިވާ ކުރައްވާފައިވާ ހަދީޘެއްގެ މާނާގައިވާ ގޮތުން، ކާމިޔާބީއާ ދިމާލަށް ގެންދާ ތިން ކަމެއް ވާކަމަށާއި އެ ތިން ކަމަކީ ސިއްރާއި ފާޅުގައި މާތްﷲ އަށް ބިރުވެތިވުމާއި، މީހަކު ދެކެ ރުޅި އައިސްގެންވާ ހާލުގައި ވިޔަސް ނުވަތަ ހިތްހަމަޖެހިގެންވާ ހާލުގައި ވިޔަސް ހައްޤު ބަސް ނޫނީ ނުބުނުމާއި ފަޤީރު ކަމާއި ތަނަވަސް ކަމުގެ ވަގުތުގައި ވެސް މުށްބާރު ކުރުމެއް ނެތި އަދި އިސްރާފު ކުރުމެއް ވެސް ނެތި ތިމާއަށް ލިބޭ މިންވަރާއި އެއްވަރަށް ބަލައިގެން ދިރިއުޅުމުގެ ޚަރަދުތައް ބިނާކުރުން ކަމަށެވެ. އަދި ހަލާކާ ދިމާލަށް ގެންދާ ތިންކަމަކީ ދުނިޔޭގެ އެދުންތަކަށް ގޮސް ހުސްވެ އެއަށް ތަބާވެ ދިޔުމާއި، ހަވާ ނަފްސުގެ އެދުންތަކަށް އިޖާބަ ދިނުމާއި އަމިއްލަ ނަފްސުގެ މޮޅުކަން އަމިއްލައަށް ފެނި ބޮޑާވެގަތުން ކަމަށެވެ.

އަދި އެންމެ ބާއްޖަވެރި މީހަކީ އެ މީހާގެ ހަވާ ނަފްސާ ދެކޮޅުވެ މާތްﷲ ގެ ރުއްސެވުން ލިބިގަތުމުގެ މަގަށް ރުޖޫއަވެ ތައުބާވާ މީހާ ކަމަށާއި އިންސާނާގެ ނަފްސު އޭގެ ފިތުރަތުގެ ސާފު ތާހިރުކަމުގެ ތެރޭގައި ހިފައްޓައި ތަޣައްޔަރު ކަމެއް އަޔަނުދީ، ގަދަ އަޅައި މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

“ ހަމަކަށަވަރުން ހެފޭ ޒާތުގެ މަސްކޮޅެއް ހަށިގަނޑުގައިވެއެވެ. އެ މަސްކޮޅު އިސްލާހުވެއްޖެނަމަ މުޅި ހަށިގަނޑު އިސްލާހު ވެދެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދުވެދެއެވެ. ދަންނާށެވެ. އެއީ ހިތެވެ.“ ކީރިތި ރަސޫލާގެ ހަދީސެއްގައި ވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

 

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި