Search Streamline Icon: https://streamlinehq.com

ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ 5500 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވޭ

For Gaza children, another round of violence intensifies mental health crisis

ހަމާސް އާއި އިސްރާއީލުން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 5500 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޚީ ވުޒާރާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ހަނގުރާމަ ފެށިފަހުން މިހާތަނަށް ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ 5500 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށެވެ. އަދި އެތައް ހާސް ކުދިންނެއް ވީނުވީއެއް ނޭންގި ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މީގެ އިތުރުން ގިނަ އަދަދެއްގެ ކުދަކުދިންނެއް ޒަޚަމްވެސް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޔަހޫދީން ޣައްޒާއަށް ދޭ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެގޮތުން ޝަހީދުވި މީހުންގެ 70 އިން ސައްތައަކީ އަންހެނުންނާއި ކުދަކުދިންނެވެ.

މެދު ނުކެނޑި ޔަހޫދީން ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، ކޮންމެ ދުވަހަކުވެސް އެތަކެއް ކުޑަކުދިންނެއް މި ހަމަލާތަކުގައި ޝަހީދުވަމުން އަންނަ ކަމަށް ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ބުނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *