އިސްރާއީލުގެ ޒަޔަނިސްޓު ޔަހުދީ ލަސްކަރާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް މުޖާހިދުން މިހާރު ހިންގަމުން ގެންދާ އޮޕަރޭޝަންތައް ދުވަހެއް ދުވަހަކަށް އަންނަނީ ވަރުގަދަ ވަމުންނެވެ. އެގޮތުން މި އޮޕަރޭޝަންތައް ވެސް ހަމަ ކާމިޔާބެވެ.
އެތައް ލައްކަ ސިފައިން އެކުލެވޭ ބޮޑު ބިޔަ އަސްކަރިއްޔާއަކާއި މުޖާހިދުންގެ މަދު އަދަދެއްގެ ބަޔަކާއި ދެކޮޅަށް ޔަހޫދީން ކުރަމުން އަންނަ ހަނގުރާމައިގައި ކުޑަވެސް ކާމިޔާބީއެއް އެމީހުންނަށް ނުލިބެއެވެ. މި ހަނގުރާމައިގައި އިސްރާއީލު ދަނީ ދުވަހެއް ދުވަހަކަށް ފަހަތައް ޖެހި ފެއިލްވެ ގޮތް ހުސްވަމުންނެވެ. ކޮންމެ ދުވަހަކު އެތަކެއް ޔަހޫދީ ސިފައިންނަކާއި ހަތިޔާރު އެޅި އުޅަނދުތައް ގޮސްވާ ނެތިކުރަމުން އަންނައިރު، ވެސް އިސްރާއީލުން މީޑިއާތަކަށް ފަތުރަމުން އްނަނީ ބުހުތާނު ދޮގު ޚަބަރުތަކެވެ.
އަލް ޤުދުސް ބްރިގޭޑްސް އިން ޔަހޫދީންނާއި ދެކޮޅަށް މިއަދު މި ވަގުތާއި ހަމައަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު، މިއަދު ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދުޝްމަނުން ހިންގި ޤަތުލުއާންމުތަކަށް ރައްދުދީ، ޓެލްއަވީވް، އަޝްޑޯޑް، އަޝްކަލޯން، އަދި ޒަޔަނިސްޓް ސިޓީތަކަށް މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އިޒްރޭލުގެ ކިއްސުފިމަށް އަށް ވަނީ މިސައިލުން ހަމަލާ ދީފައެވެ.
މީގެ އިތުރުން ކިއްސުފިމްގައި ދުޝްމަނުންގެ ސިފައިން އެއްވެތިބި ތަނަކަށް މޯޓަރ ޝެލްތަކުން ހަމަލާ ދީފައިވާއިރު، މި ހަމަލާގައި ޔަހޫދީންގެ އެތަކެއް ސިފައިންނެއް ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ. “އަޝްދޮދު” އާއި “އެޝްކޯލް” އަށް ވެސް މިސައިލުން ހަމަލާ ދީފައިވާއިރު، އަލް ޤުދުސް ބްރިގޭޑްސް އިން ވަނީ ”ސްޑެރޯޓް“ އާއި ”ރެއިމް“ އަށް ވެސް މިސައިލުން ހަމަލާ ދީފައެވެ.









