Search Streamline Icon: https://streamlinehq.com

މޯލްޑިވް ގޭހުގެ މުވައްޒަފުންނަކީ ހިތްވަރުގަދަ، ކެރޭ ބައެއް. ވަރުބަލި ކަމެއް ނެތި ރައްޔިތުންގެ ހިދުމަތުގަ ދެމި ތިބޭނެ: އަބްދުﷲ މުހައްމަދު

GAbmyE0aEAAMD1a

ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް މޯލްޑިވް ގޭހުގެ މުވައްޒަފުން ވަރުބަލި ކަމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ތިބޭނެ ކަމަަށް މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ މުހައްމަދު މިހެން ވިދާޅުވީ މޯލްޑިވް ގޭހުގެ އެމްޑީ ކަމާއި އަލަށް ހަވާލުވެ، އެ ކުންފުނީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މޯލްޑިވް ގޭހާއި އަބްދުﷲ މުހައްމަދު ގުޅިވަޑައިން މައި އޮފީހުގައި މިއަދު ފުރަތަމަ ބައްދަލުވުން ބާއްވާފައި ވާއިރު އެ ބައްދަލުވުމުގައި ގުރުއާން ވިދާޅުވީ ވެސް އޭނާއެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ މުހައްމަދު ވިދާޅުވީ މޯލްޑިވް ގޭހުގެ މުވައްޒަފުންނަކީ ވަރަށް ހީވާގި ކަމަށް ޤާބިލް މުވައްޒަފުންތަކެއް ކަމަށާއި، ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް މޯލްޑިވް ގޭހުގެ މުވައްޒަފުން ވަރުބަލި ކަމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ތިބޭނެ ކަމަށެވެ. އަދި އެ ކުންފުންޏަކީ ފައިދާވާ، ހެޔޮ އަގުގައި ރައްޔިތުންނަށް ގޭސް ފޯރުކޮށްދޭ ކުންފުންޏަކަށް ހެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ފަހު މޯލްޑިވްސް ގޭހުން ދުވަހުގެ މަސައްކަތް ކީރިތި ގުރުއާނުގެ ބަރަކާތުން ފަށާ ގޮތައްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ގުރުއާނެކޭ އެއްފަދައިން ގައުމީ ސަލާމް ކިޔުމަށްވެސް ވަނީ ނިންމާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *