Search Streamline Icon: https://streamlinehq.com

ހަމާސްއާއި ދެކޮޅަށް ހިންގި އޮޕަރޭޝަންސް ތައް ނާކާމިޔާބުވެ، ޔަހޫދީ އަސްކަރިއްޔާގެ %70 ސިފައިން ޣައްޒާއިން ބާލަން ނިންމައިފި

Israeli soldiers work to secure residential areas following a mass infiltration by Hamas gunmen from the Gaza Strip, in Sderot

ފަލަސްތީނުގެ ހަމާސް މުޖާހިދުންނާއި ދެކޮޅަށް އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާއިން ހިންގަމުން ގެންދާ އޮޕަރޭޝަން ތައް ނާކާމިޔާބު ވުމާއި ގުޅިގެން އުތުރު ޣައްޒާގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އިސްރާއީލް އަސްކަރިއްޔާގެ %70 ސިފައިން އެ ސަރަހައްދުން ބާލަން އިސްރާއީލުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އަލްޤަސާމް ބްރިގޭޑްސްގެ އިސް މަސްދަރަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އުތުރު ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ އަސްކަރިއްޔާއިން ހަމާސް އާއި ދެކޮޅަށް ހިންގި ހުރިހާ އަސްކަރީ އޮޕަރޭޝަންތަކެއް ވަނީ ނާކާމިޔާބު ވެފައިކަމަށާއި އެހެން ކަމުން ގޮތް ހުސްވެ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިސްރާއީލު އަސްކަރިއްޔާގެ %70 ސިފައިން އެ ސަރައްދުން ބާލަން މިހާރު އެ ގައުމުން ނިންމާފައިވާކަމަށެވެ.

ފާއިތުވި ދެ ދުވަހު ހަމާސް އާއި އިސްރާއީލުގެ ސިފައިންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، އިސްރާއީލުގެ 100 އަށްވުރެ ގިނަ ސިފައިން ވަނީ މަރާލާފައެވެ. ހަމާސް އިން ހިންގާ އޮޕަރޭޝަންތައް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދާއިރު، އިސްރާއީލުން ހިންގާ އޮޕަރޭޝަންތައް ހަމާސް އިން ދަނީ ނާކާމިޔާބު ކުރަމުންނެވެ.

ހަނގުރާމައަށް ދެމަސް ފާއިތުވާން ދާއިރު، މި ހަނގުރާމައިގައި އިސްރައީލަށް ކުޑަވެސް ކުރިއެރުމެއް ލިބިފައި ނުވެއެވެ. ކޮންމެ ދުވަހަކު އިސްރާއީލުގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިން ހަމާސްގެ ހަމަލާތަކުގައި ދަނީ މަރުވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *