ފަލަސްތީނުގެ ބިންތަކުގައި ގަދަކަމުން އަރައިގަނެގެން އުޅޭ ޔަހޫދީން ސިފައިންގެ މެދުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ އިސްރާއީލުގެ ބައެއް މީޑިއާ ރިޕޯޓުތަކުން ޚަބަރުފަތުރާ ގޮތުގައި ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިންގެ ތެރޭގައި“ޝިގޭލާ” ބެކްޓީރިއާގެ ސަބަބުން ބޭރަށް ހިންގުމާއި ގޮހޮރަށް ޖެހޭ ނުރައްކާތެރި ބަލިމަޑުކަމެއް އަންނަނީ ފެތުރެމުންނެވެ.
އިސްރާއީލުގެ ދުވަހު ނޫހެއް ކަމަށްވާ ޔެޑިއޮތު އަހްރޮނޮތު އިން މިދިޔަ ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިންގެ ތެރޭގައި ޝިގޭލާ ބެކްޓީރިއާގެ ނުރައްކާތެރި ވައިރަހެއް ފެތުރި، ބޭރަށް ހިންގުމުގެ އިތުރުން ގޮހޮރުގެ ނުބައި ބަލިމަޑުކަމެއް ފެތުރެމުން އަންނަކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއީ ކޮވިޑް-19 އަށްވުރެ ނުރައްކާތެރި ހަލާކުކުރަނިވި ބަލިމަޑުކަކަމަށް ވުން ގާތްކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި މިއީ އިސްރާއީލުގެ ސިފައިން ބޭނުން ކުރާ ކާބޯތަކެތިން ފެތުރެމުން އަންނަ ބަލިމަޑުކަމެއް ކަމަށާއި މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ އަސްކަރިއްޔާ ސިފައިންގެ ތެރޭގައި “ޝިގޭލާ” ބެކްޓީރިއާގެ ސަބަބުން ދަނީ ނުރައްކާތެރި މަލިމަޑުކަމެއް ފެތުރެމުން، ބޭރަށް ހިންގުމާއި، ގޮހޮރަށް ޖެހޭ ނުބައި ބަލިމަޑުކަމެއް ވެސް އެބަ ފެތުރޭ. ގިނަ އަދަދެއްގެ ސިފައިން ދަނީ މި ބަލިމަޑުކަން ތަހައްމަލު ކުރަމުން.“ އިސްރައީލުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްޑޯޑް ހޮސްޕިޓަލްގެ އިންފެކްޝަސް ޑިޒީޒްސް ޔުނިޓްގެ ޑިރެކްޓަރ ޑރ. ޓަލް ބްރޯޝް އާއި ހަވާލާދީ އިސްރައީލުގެ ނޫސްތަކުން ރިޕޯޓުކޮސްފައިވާ ގޮތުގައި މިފަދަ ބަލިމަޑުކަމެއް ފެތުރެން ދިމާވެފައިވާ އެންމެ ބޮޑު އެއްސަބަބަކީ މާ ބޮޑަށް ހޫނުގަދަވުމާއި ކެއުމަށް ބޭނުންކުރާ ބައެއް ކާތަކެތީގެ ސަބަބުންކަމަށެވެ. އަދި މި ބަލިމަޑުކަން ތަހައްމަލުކުރަމުން ގެންދާ ސިފައިންނަށް އިތުރަށް ހަނގުރާމައިގައި ހަރަކާތްތެރިވުމަށް އުނދަގުތަކާއި ކުރިމަތިވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޣައްޒާގައި ހަރަކާތްރިވާ އިސްރާއީލުގެ އަސްކަރީ ސިފައިންގެ ތެރޭގައި މިހާރު ހިނގަމުންދާ ސިއްހީ ބަލިމަޑުކަމުގެ ސަބަބުން އެމީހުންގެ އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް އާއިލާތަކުން ސިފައިން އަނބުރާ ގައުމަށް ގެނައުމަށް ވެސް ދަނީ ގޮވާލަމުންނެވެ.









