Search Streamline Icon: https://streamlinehq.com

ޣައްޒާގެ ހާލަތާއި މެދު ހަމްދަރުދީވެ އޮސްޓްރޭލިއާގެ ގިނަ އަދަދެއްގެ ބަޔަކު އިސްލާމް ވަނީ!

Presentation2

އިސްރާއީލުގެ ޔަހޫދީން ގެ ރަހުމަތްނެތް ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ޣައްޒާއިން ކުށެއް ނެތް އެތައް މުސްލިމުންނެއް ޝަހީދުވަމުން އަންނައިރު، މިއީ ދުނިޔޭގެ ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުން ގިނައިން ޝަހީދުވަމުން އަންނަނީ ކުޑަކުދިންނާއި އަންހެނުންނެވެ. އެގޮތުހް ކޮންމެ ދުވަހަކުވެސް ޔަހޫދީން ދެމުން އަންނަ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތަކެއް ތުއްތު ކުދިންނެއް އަންނަނީ ޝަހީދުވަމުންނެވެ.

އެއްވެސް ރަހުމެއްނެތި ޔަހޫދީން ބޮން އަޅާ ފަލަސްތީނުގެ ކުށެއް ނެތް މައުސޫމު އެތަކެއް ކުޑަކުދިންނެއް ޝަހީދުކުރަމުން އައުމުގެ ނަތީޖާއަކީ ދުނިޔޭގެ ގިނަ އަދެއްގެ ބަޔަކަށް މި މަންޒަރުތައް ފެނި، އެކަމުގެ ޖަޒުބާތުގައި ޖެހި އިސްލާމް ދީން ގަބުލުކުރަމުންއައުމެވެ. އެގޮތުން ފަހަކަށް އައިސް އެންމެ ބޮޑަށް އެކަން ފާހަގަވެފައިވަނީ އޮސްޓްރޭލިއާއިންނެވެ. އޮސްޓްރޭލިއާއަށް ބަލާއިރު، އެގައުމަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކަށް އެންމެ ބޮޑަށް ނުރުހުންފާޅުކުރަމުން އަންނަ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އޮސްޓްރޭލިއާއިން ގިނަ ބަޔަކު އިސްލާމް ވަމުން އަންނައިރު، ދާދި ފަހުން ވަނީ އެގައުމުގެ 30 އަށްވުރެ ގިނަ އަންހެނުން އިސްލާމްދީން ޤަބޫލުކޮށް އެކަން އިޢުލާންކޮށްފައެވެ.

އޮސްޓްރޭލިއާއިން އިސްލާމްދީން ޤަބޫލުކުރި މި އަންހެންވެރިން ބުނެފައިވާ ގޮތުގައި އެމީހުން އިސްލާމްދީނަށް ވަނީ ފަލަސްޠީނުގެ ޢައްޒާގެ މީހުންގެ ހިތްވަރާއި ސާބިތުކަމުން ހިތްވަރު ލިބިގެންނެވެ. މީގެ އިތުރުން އޮސްޓްރޭލިއާގައި އިސްލާމް ދީނާއި އެންމެ އިދިކޮޅުކަމަށް ބުނާ އިސްލާމް ދީނުގެ ބޮޑު އަދުއްވެއްގެ ގޮތުގައި ބެލެވިފައިވާ ޝާރމަން ބާޖެސް ވެސް ވަނީ ދާދި ފަހުން އިސްލާމް ދީން ގަބޫލުކޮށްފައެވެ. ޝާރމަން ވެސް އިސްލާމްދީން ގަބޫލުކުރުމުގެ އެންމެ ބޮޑު އަސްލަކަށް ވީ ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އެމީހުންގެ ހިތްވަރެވެ.

ޝާރމަން އިސްލާމްދީން ގަބޫލުކުރުމަށް ފަހު ފޭސްބުކް ޕްރޮފައިލް ފޮޓޯ ވެސް ފަލަސްތީނުގެ ދިދައިން ވަނީ ޖަރީކޮށްފައެވެ. އިސްލާމްދީނުގެ ހިދާޔަތް ލިބުމަށް ފަހު ޝާރމަން ބުނީ އިސްލާމީ މުޖުތަމައުއަކީ ވަރަށް އަމާން އޮމާން ސުލްހަވެރި މުޖުތަމައުއެއް ކަމަށާއި ކޮންމެ ވަގުތަކު ކޮންމެ ފަދަ އެހީތެރިކަމެއް ބޭނުންވި ނަމަވެސް މުސްލިމުން އެ ކަމަކަށް އެހީތެރިކަން ފޯރުކޮށްދޭނޭކަމަށެވެ.

އޮސްޓްރޭލިއާގެ އިތުރުން ޣައްޒާގެ ހާލަތާއި ގުޅިގެން ދުނިޔޭގެ މަޝްހޫރު އެތަކެބަޔަކު ވަނީ އިސްލާމްދީން ގަބޫލުކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *