Search Streamline Icon: https://streamlinehq.com

ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ނިންމައިފި

Hiya

ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ޚަރަދުވި ފައިސާގެ ތެރެއިން، އެވްރެޖެއް ކަމަށް ބަލައި، ދެ ލައްކަ ރުފިޔާ، ނަގުދު ފައިސާގެ ބަދަލުގައި ކުލިން މައާފްކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓު ފިނިޝިންގއަށް ޚަރަދުވި ފައިސާގެ ތެރެއިން ދެ ލައްކަ ރުފިޔާ ފްލެޓުތަކުގެ ކުލިން މައާފްކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ދިޔަ ޚަރަދުތަކުގެ ތެރެއިން، އެވްރެޖްގޮތެއްގައި ދެ ލައްކަ ރުފިޔާ، އެ ފްލެޓްތަކުގެ ވެރިންނަށް ޑިސްކައުންޓްވާނެ ގޮތަށް ހައްދަވައިދެއްވާނެ ކަމަށް އޮތުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

އެހެންކަމުން އެ ކަންތައް ކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި، ހިޔާ ފްލެޓްތަކުގެ އަގުން ދެ ލައްކަ ރުފިޔާ ފްލެޓްތަކުގެ އަގުން އުނިކުރާގޮތަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއާއެކު، މިހާރު އޮތް އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތް އަހަރަށް މަހަކު ހިޔާ ފްލެޓަށް ދައްކަން ޖެހޭނީ 5،300 ރުފިޔާ ކަމަށާއި، އެހެން ނަމަވެސް ދެ ލައްކަ ރުފިޔާ ކަނޑާލުމާއެކު ކުރިއަށް އޮތް 7 އަހަރަށް، މަހަކު ދައްކަން ޖެހޭނީ 3،984.21 ރުފިޔާ ކަމަށެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *