Search Streamline Icon: https://streamlinehq.com

ޔަހޫދީން ހަމާސް މުޖާހިދުންގެ ޓަނެލްތަކަށް މޫދުލޮނު އަޅަން ފަށައިފި

Beach

އިސްރާއީލުގެ ޔަހޫދީ ލަސްކަރުގެ ސިފައިން ފަލަސްތީނުގެ މުޖާހިދުންގެ ޓަނެލްތަކަށް މޫދު ލޮނު އަޅަން ފަށައިފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން މިހާރު ދަނީ ހަމާސްގެ ޓަނެލްސް ތަކަށް ލޮނު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޓަނެލް ތަކަށް ލޮނު އަޅަމުން ގެންދަނީ އަލްޝާތީ ރެފިއުޖީ ކޭމްޕުގެ އުތުރުން ގާތްގަނޑަކަށް މޭލެއްހާ ދުރުގައި ގަޑިއަކު އެތައް ހާސް ކިއުބިކް މީޓަރުގެ ލޮނު ފޮނުވާލާ ފަސް ޕަމްޕް ގާއިމްކޮށްގެންކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އަދި މި ޕަމްޕަ ތަކުގެ އެހީގައި އިސްރާއީލުގެ ސިފައިން ހަމާސްގެ ޓަނެލްސްތަކަށް ލޮނު އަޅަން ފަށާފައިވާއިރު، ހަފްތާތަކެއްގެ ތެރޭގައި ޓަނަލްތައް ފުރިގެންދާނޭ ކަމަށާއި އަދި ހަމާސް މުޖާހިދުންނަށް އެމީހުންގެ ހުރިހާ ރޭވުންތަކެއް ފެއިލްވެގެންދާނޭ ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އަދި މިކަމަށް ހިތްވަރުދެއްވާ އެމެރިކާއިން ވެސް ބުނެފައިވަނީ ހަމާސްގެ ޓަނެލްތައް ބޭނުނުް ނުކުރެވޭ ގޮތް ހެދުމަކީ މުހިންމުކަމެއް ކަމަށާއި އެގޮތުން ލޮނު އަޅާ ޓަނެލްތައް ފުރާލައިގެން ވެސް ހަމާސްގެ ބާރުވެރިކަން ނައްތާލަން ޖެހޭކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ބުނެއެވެ.

ހަމާސް މުޖާހިދުން ނައްތާލުމަށް ޓަކައި އިސްރާއީލުން ދަނީ ކެނޑިނޭޅި ތަފާތު ރޭވުންތައް ރާވާ ގިނަ އޮޕަރޭޝަންސް ތަކެއް ހިންގަމުންނެވެ. އެގޮތުން ޓަނެލްތައް ހަލާކުކޮށްލާ އެތަންތަން ނެތިކޮށްލުމަކީ އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އަމާޒަށް ވަނީ ވެފައެވެ.

އެގޮތުން ޓަނެލްތަކަށް ލޮނު އަޅާ ފުރާލައިގެން ވެސް ހަމާސް ނެތިކޮށްލުމަށް އިސްރާއީލުން މަސައްކަތް ކުރަމުން އަންނައިރު، އަދި މިކަމުން ހަމާސް ނައްތާލަން ކުރާ މަސައްކަތުގައި ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާ ކަމަށެވެ.

އިސްރާއީލުން ހަމާސްގެ ޓަނެލްތަކަށް ލޮނި އަޅާ ފުރާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، މި ޚިޔާލަކީ އެމެރިކާއިން އިސްރާއީލަށް ދީފައިވާ ޚިޔާލެއް ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ..

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *