މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތީމަ އެމްޑީޕީން ދަނީ ބާރުގެ ބޭނުން ކޮށް މިހާރު މިއޮތް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އޮފް ކަނޑުވާލަން މަސައްކަތް ކުރަމުން ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމާއެކު މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެ އެ އެއްބަސްވުން ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ ރައްޔިތުންނަށް އެހެން މަންޒަރެއް ދައްކަން ރައްޔިތުންގެ މަޖިލީހަށް އެކިއެކި މައްސަލަތައް ހުށަހަޅައިގެން ސަރުކާރުގެ އޮފު ކަނޑުވައިލަން އެމްޑީޕީން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
އަދި އެގޮތަކަށް އެކަން ނުވާނޭ ކަމަށާއި އެމްޑީޕީން މިފަދަ މައްސަލަތައް ހުށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ހިޔާ ފުލެޓުތަކުގެ އަގު ކުޑަކޮށް ދެއްވުމުން އެ ކަންތަކުގެ އަޑު ކަނޑުވައިލަންވެގެން ކަމަށެވެ.
މޮސްޓާ ވިދާޅުވީ މި ވެރިކަން ފެށުނުތާ އަދި 21 ދުވަސް ނުވާ ކަމަށާއި މަޖިލީހުގައި މެޖޯރިޓީ އޮތުމުން ބާރުގެ ބޭނުންކޮށް ސަރުކާރުގެ އޮފު ކަނޑުވައިލަން މަސައްކަތް ކުރިޔަސް އޮފެއް ނުކެނޑުވޭނެ ކަމަށެވެ. އަދި ހިޔާ ފުލެޓުގެ އަގު ކުޑަނުކޮށްދޭ ކަމަކަށް ނުވާނެކަމަށާއި މި ސަރުކާރުން އެކަން ވެސް ކޮށްދީފިކަމަށް އޭނާ ވިދާޅުވިއެވެ.










3 ކޮމެންޓް
ނުކިޔަވާ މޮސްޓާ އަކަށް ނޭންގޭނެ އެމް ޑީ ޕީ ކަންތަކުރަންވީ ގޮތެއް..
ބަލަޕާޓީސިސްޓަމްވީމަވާނީތިހެން އެއީ ޑާޓީ ދޮގާ މަކަރާ ހީލައް ހަދައިގެން ޥެރިކަމުގެތިބޭބަޔަކުބާލާފަ އަނެއްބަޔަކުވެރިކަމައް އަތްނަން ރަތްޔިތުން ހޭއަރާ ވިސްނަންވީ
މޮސްޓާއަށް ނޭނގުން ދޯ އިދިކޮޅަށް ކުޅޭމީހުންގެ ކަމަކީ ސަރުކާރުގެ އޮފުކެނޑުވުން ކަމެއް.