Search Streamline Icon: https://streamlinehq.com

މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ފޮނުވާނީ އިސްލާމިކް މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން

Large 148981209164uMwZ

މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ފޮނުވާނީ އިސްލާމިކް މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެމިނިސްޓްރީން އަބަދުވެސް ހައްޖު ކޯޓާއިން 50 ހަކަށް ޖާގަ ރިޒާވްކޮށްފައި އޮންނަކަމަށާއި އަދި ބައެއް ފަހަރު މިއަދަދު އިތުރުވާކަމަށެވެ. ޝަހީމް ވިދާޅުވީ ރިޒާވްކޮށްފައިވާ ހައްޖު ކޯޓާތަކަކީ ޚާއްސަ ހާލަތްތަކުގައި މީހުން ފޮނުވުމަށް ކަނޑައަޅާފައިވާ ކޯޓާތަކެއްކަމަށާއި އެގޮތުން މިފަހަރު ހައްޖަށް ފޮނުވާ 50 މީހުންނަކީ އޭގެ ތެރެއިން ކަނޑައެޅޭ މީހުން ކަމަަށެވެ.

ޝަހީމް ވިދާޅުވީ ޙައްޖަށް ފޮނުވާ މިމީހުން ކަނޑައަޅާނީ ފަގީރުންގެ ލިސްޓުގައި ތިބީ މީހުންގެ ތެރެއިން ނަގާ ގުރުއަތަކުން ކަމަށާއި ފަގީރުން ހައްޖަށް ގެންދިއުމާ ގުޅޭ އުސޫލް މިހާރު އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި މި އުސޫލުގެ ފެށޭ ހަފްތާ ތެރޭ ގެޒެޓް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށާއި މިމަސައްކަތުގެ ދަށުން ކޯޓާ އިތުރުވެއްޖެނަމަ މިހާރު ހައްޖަށް މީހުން ދިޔުމަށް ހަދާފައިވާ ކިއު ބޮޑުތަނުން ކުޑަވާނެކަމަށެވެ. ކޯޓާ އިތުރުވުމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *