Search Streamline Icon: https://streamlinehq.com

ފެނަކަ އަށް ކެޕޭސިޓީ ނެތް މިންވަރަށް މުވައްޒަފުން ނަގާފައިވޭ: ފެނަކަ އެމްޑީ

Big NZZ1xdnRPKni5TQ5JrWHsmE9F

ފެނަކަ ކޯޕަރޭޝަންއަށް ނުކަތާވަރަށް މުވައްޒަފުން ނަގާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކޮރަޕްޝަންގެ ކަންތައްތަކާއި ގުޅިގެން އިންޓަރނަލް އޮޑިޓެއް ކުރަމުންދާކަން ހާމަކުރަމުން މުއާޒް ވިދާޅުވީ ކުންފުންޏަށް ނުކަތާވަރަށް މުވައްޒަފުން ނަގާފައިވާކަމަށާއި އަދި ނުއަގުގައި މުދާގަނެފައިވާކަން ހާމަވެފައިވާކަމަށެވެ.

މުޢާޒް ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އޮޑިޓްގެ މަސައްކަތް ނިންމާ މިމުއްދަތުގައި ހާމަވާ ކަންކަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި ހިއްސާކޮށް އެމަޢުލޫމާތު ދިވެހި ރައްޔިތުންނަށްވެސް ޢާއްމުކުރައްވާނެކަމަށެވެ.

ދަރަނީގެ ބޮޑު ބުރައެއް އެކުންފުނިން އުފުލަމުންދާއިރު މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް 79 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭކަމަށާއި މީގެއިތުރުން ބޮޑެތި ޢާމްދަނީ ލިބޭ ބޭންކުތަކާއި ކުންފުނިތަކަށްވެސް ފެނަކައިގެ ސީއެސްއާރްގެ ދަށުން ހިލޭ މަޝްރޫޢުތައް ހިންގައިދީފައިވާކަމަށްވެސް މުއާޒް ވިދާޅުވިއެވެ. އަދި މި މަޝްރޫޢާއި ނުބައްދަލު ކުޑަ އަގުގައި ސަރުކާރުގެ އެކި ވުޒާރާތަކުންވެސް ފެނަކައާއި މަޝްރޫޢުތައް ޙަވާލުކޮށް އެމަސައްކަތް ކުރީގެ މެނޭޖްމަންޓުން ކުރުވާފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަތޮޅުތަކުގެ 21 ރަށެއްގައި ހިންގާފައިވާ އިންޖީނުގެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އީއައިއޭ ރިޕޯޓުތަކާއި ޚިލާފަށް ތިމާވެއްޓަށް ގެއްލުންވާނެހެން މަސައްކަތްކޮށްފައިވާތީ އީޕީއޭއިންވަނީ މިދިޔަ މަހު 4.2 މިލިއަން ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށް އެއްމަސްދުވަހުގެ ތެރޭގައި ފައިސާދައްކާ ޚަލާސްކުރުމަށްވެސް އަންގާފައެވެ.

ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިޚާބާއި ދިމާކޮށް ގިނަ އަދަދެއްގެ މުވަޒްއަފުން ފެނައަށް ވައްދާފައިވާއިރު، އޭގެތެރޭގައި ގިނައީ އެއްވެސް މަސައްކަތެއް ނުކޮށް މަހު މުސާރަ ނަގައިގެން ތިބޭ މުވައްޒަފުންކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *