Search Streamline Icon: https://streamlinehq.com

ޔަހޫދީންގެ ޓޭންކް އުފުލާ ވިޔަފާރި ބޯޓަކަށް ޔަމަނުން މިސައިލް ހަމަލާތަކެއް ދީފި

Presentation2

ޔަމަނުގެ ހޫތީން އަނެއްކާވެސް އިސްރާއީލުގެ އުޅަނދަކަށް ހަމަލާ ދީ ގެއްލުނަތްކެއް ދީފިއެވެ.

އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަސްއިން ބުނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިސްރާއީލުގެ އުޅަނދަކަށް ހަމަލާދީފިކަމަށާއި، މިފަހަރު ހަމަލާ ދިނީ ކުރޫޒް މިސައިލް ބޭނުންކޮށްގެން ޓޭންކަރު އުފުލާ އިސްރާއީލުގެ ވިޔަފާރި ބޯޓަކަށް ކަމަށެވެ.

ހޫތީން ހަމަލާ ދީފައިވަނީ ސްޓްރިންޑާ ނަކަމަށް ކިޔާ ވިޔަފާރި އުޅަދަކަށް ކަމަށާއި މި އުޅަނދަށް ހަމަލާ ދީފައިވަނީ ބާބް އަލްމަންދަބް ސްޓްރެއިޓްގެ އުތުރުން ގާތްގަނޑަކަށް 60 ނޯޓިކަލް މޭލު ދުރުން ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމައާ ގުޅިގެން ސަރަހައްދީ ނުރައްކާތެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދަނީ ރައް ކަނޑުގެ ސަރަހައްދާއި ބާބް އަލްމަންދަބް އިން ދަތުރުކުރާ ވިޔަފާރި އުޅަދުތަކަށް ހަމަލާދޭން ފަށާފައެވެ. ހޫތީން ބުނެފައި ވަނީ އިސްރާއީލަށް ދާ ހުރިހާ އުޅަނދަކަށް ހަމަލާ ދޭނެކަމަށެވެ. އަދި ހޫތީންގެ މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ވިޔަފާރި ބަނދަރުތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި ވާއިރު، ބައިނަލްއަޤުވާމީ ވިޔަފާރިތަކުން އިސްރާއީލާއި އެއްވެސް މުއާމަލާތެއް މިވަގުތު ނުކުރުމަށް ވަނީ ގޮވާލާފައެވެ.

އެމެރިކާގެ އޮފިޝަލުންނާއި ހަވަލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި ހޫތީން މިސައިލް ހަމާދީ ގެއްލުންތަކެއް ދީފައިވަނީ އިސްރާއީލާއި ސީދާ ގުޅުމެއް އޮތް އުޅަނދެއްކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުނުވާކަމަށެވެ. އަދި އެ އުޅަނދު ދަތުރުކުރަމުން ދިޔައީ އިސްރާއީލުގެ ބަނދަރަކަށް ދާން ކަމެއްވެސް ސާފުނުވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *