Search Streamline Icon: https://streamlinehq.com

ޔޫކްރެއިން ހަނގުރާމައަށް ފޮނުވި އެމެރިކާ އަސްކަރީ ސިފައިން މިހާރު ހަރަކާތްތެރިވަމުން އަންނަނީ ޣައްޒާގައި

Presentation2

ޔޫކްރެއިން ރަޝިއާ ހަނގުރާއަށް އެމެރިކާއިން ފޮނުވި އެގައުމުގެ އަސްކަރީ ސިފައިންތައް މިހާރު ހަރަކާތްތެރިވަމުން އަންނަނީ ޣައްޒާގައި އިސްރާއީލް ސިފައިންނާއި އެކުގައިކަން ފަޅާއަރައިފިއެވެ.

އެމެރިކާގެ ”ފޯވާޑް އޮބްޒަވޭޝަން ގުރޫޕް (އެފްއޯޖީ) އިން މީގެ ކުރިން ބުނަމުން ދިޔައީ އެމެރިކާއިން ޔޫކްރެއިން ނަށް ހަނގުރާމައަށް ފޮނުވި ސިފައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަނީ ޔޫކްރެއިންގައި ކަމަށާއި ނަމަވެސް ޔޫކްރެއިންގައި ހަރަކާތްތެރިވުމަށް ފޮނުވި ހުރިހާ ސިފައިން މިހާރު ތިބީ ޣައްގައި އިސްރާއީލުގެ ސިފައިންނާއި އެކުގައި ހަނގުރާމައިގައި ބައިވެރިވެގެން ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެފްއޯޖީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އިސްރާއީލުން ގިނަ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގެ ބޯޑަރު ކައިރީގައިވާ ދެކުނު ސަރަހައްދުތަކާއި ޚުދު ޣައްޒާގައިވެސް އެމެރިކާ ސިފައިން ހަރަކާތްތެރިވާ މަންޒަރުތައް ވަނީ ފެނިފަ އެވެ. ބައެއް ތަސްވީރުތަކުން އެމެރިކާ އާއި ޔޫކްރޭންގެ ދިދަ ޖަހާފައިވާ ހަތިޔާރުތަކާއި އެހެނިހެން ސާމާނު ފެނިފައިވެއެވެ.

ޣައްޒާގައި އިސްރާއީލުގެ ސިފައިންނާއި އެކު އެމެރިކާ ސިފައިން ހަރަކާތްތެރިވަމުން އައި ނަމަވެސް ހަނގުރާމައަށް މިވީ ދެމަސް ދުވަހުގެ ތެރޭގައި ޔަހޫދީންނަށް އެއްވެސް ކުރިއެރުމެއް ލިބިފަނުވެއެވެ. އެމެރިކާ ސިފައިންނާއި އިސްރާއީލުގެ ސިފައިން ގުޅިގެން މަތިންނާއި ތިރިން އަދި ކަނޑުމަގުން ބޮމާއި މިސައިލްތަކާއި ޓެންކަރުތައް ބޭނުންކޮށްގެން ހަމަލާތައް ދެމުން ދިޔަ ނަމަވެސް ޣައްޒާގައި އެމީހުންނަށް އެއްވެސް ކާމިޔާބެއް ހާސިލްވެފައެއް ނުވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *