ހަނގުރާމަ ކިތެންމެ ދިގުލައިގެން ދިޔަޔަސް ޔަހޫދީންނަށް އަމާން ދީ ހަތަިޔާރު ނުބަހައްޓާނޭ ކަމަށް ހަމަލާސްގެ ލަސްކަރުގެ ވެރިޔާ އަދި ތަރުޖަމާން އަބޫ އުބައިދާ ވިދާޅުވެއްޖެއެވެ.
އަބޫ އުބައިދާ މިފަދައިން ވިދާޅުވީ ދާދި ފަހުން ހަމާސްގެ ގިނަ ބަޔަކު އަމާންދީ ޔަހޫދީ ސިފައިންނާއި އަމިއްލަ އަށް ހަވާލުވެފައިވާކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާ ބުނުމަށް ރައްދުދެމުންނެވެ.
އަބޫ އުބައިދާ ވިދާޅުވީ ޔަހޫދީންނަށް ހުދު ދިދަ ނަގައި އަމާން ނުދޭނެ ކަމަށާއި ﷲގެ އިރާދަފުޅާއި އެކު ހަނގުރާމައިގެ ކާމިޔާބު އޮތީ ދާދި ގާތުގައިކަމަށެވެ. އަދި ހަނގުރާމަ ދިގުލައިގެން ގޮސް އެތައް އަހަރަކަށް ދެމިގެން ދިޔަޔަސް ފަރުވާލެއް ނެތްކަމަށާއި ޔަހޫދީންނަށް އެމީހުންގެ މަޤުސަދު ހާސިލްނުވާނޭ ކަމަށް އުބައިދާ ވިދާޅުވިއެވެ.
ުބައިދާ ވިދާޅުވީ ކުށެއް ނެތް ނިކަމެތި ރައްޔުތުންގެ ބޮލަށް ބިންއަޅައި އެމީހުން ޝަހީދުކުރަމުން ދިޔުމަކީ ޔަހޫދީންގެ ފިޑިކަން ކަމަށާއި އެއީ އެމީހުންގެ ނާކާމިޔާބީގެ އަސްލުކަމަށެވެ. އުބައިދާ ވިދާޅުވީ ޔަހޫދީން ކުރަމުން ގެންދާ މި ހަނގުރާމައަކީ އަސީރުން މިނިވަމް ކުރުމަށް ކުރާ ހަނގުރާމައެއް ނޫންކަމަށާއި އެއީ ފަލަސްތީނުގެ ބިން އެމީޙުންގެ ބާރުގެ ދަށަށް ގެނައުމަށް ދުރާލައި ރާވައިގެން ކުރާ ހަނގުރާމައެއް ކަމަށެވެ.
އުބައިދާ ވިދާޅުވީ ޔަހޫދީންނާއި ދެކޮޅަށް މި ކުރާ ހަނގުރާމައަކީ މާއްމަގުސަދެއްގައި ކުރާ ހަނގުރާމައެއް ކަމަށާއި އެއީ އަޤްޞާ މިސްކިތް ޔަހޫދީންގެ އަތްދަށުން މިނިވަންކުރުމަށް ކުރާ ހަނގުގާމައެއް ކަމަށެވެ. އަދި އެކަން ކާމިޔާބުކުރާނޭކަމަށް އުބައިދާ ވިދާޅުވިއެވެ.
އަޅުގަނޑުމެން މިތިބީ ޒަޔަނިސްޓް-އެމެރިކާގެ އިސްތިޢުމާރާ ދެކޮޅަށް ފާޅުކަން ބޮޑު ހަނގުރާމައެއްގައި، ބިލިއަން ވަރުގަދަ ޤައުމުގެ ފަރާތުން އަލްއަޤްސާ މިސްކިތް ދިފާޢުކޮށްގެން. ’އޭ ބިލިއަން ޤައުމު، މި ބަދުނާމާއި އަނިޔާވެރިކަން އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ.
އަދި ޔަމަނުގެ އަންސާރުﷲ އާއި ލުބުނާނުގެ ހިޒްބުﷲ ގެ މުޖާހިދުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާކަމަށްވެސް އުބައިދާ ވަނީ ވިދާޅުވެފައެވެ.









