Search Streamline Icon: https://streamlinehq.com

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ކަމުގެ މަގާމަށް ޝަހީބު އައްޔަނުކުރައްވައިފި

Aa9eeb9b 7e89 4360 b4e3 6349cecea5d2

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ކަމުގެ މަގާމަށް މުޙައްމަދު ޝަހީބު، އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ މަޤާމަށް ޝަހީބު އައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވައިފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންނެވި ޝަހީބަކީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޝަހީބުއަށް ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގަތީ 2004 ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިންނެވެ.

މީގެ އިތުރުން ވެސް 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ އާންމު ޚިދުމަތުގެ އިނާމުވެސް ޝަހީބަށް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަންވެސް ޝަހީބު ވަނީ ހާސިލުކުރައްވާފައެވެ. 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *