ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފިއެވެ.
މިވަގުތު ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދެމުން އަންނަ އުރީދޫ އަދި ދިރާގުގެ އިންޓަރނެޓް ބޭނުންކޮށްގެން ބަރަހަނާ ސައިޓްތަކަށް ނުވަދެވެގޮތަށް ބުލޮކްކޮށްފައިވާއިރު، މިއީ މިއީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކުގެ އެކްސެސް މި ގޮތަށް ބްލޮކް ކުރި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން ބަރަހަނާ ވެންސައިޓުތަކަށް ބޭނުންކުރާ ދެ ނެޓްވޯކަކީ އުރީދޫ އަދި ދިރާގެވެ. މި ދެ ކުންފުނިން ރަސްމީކޮށް ބަހެއް ބުނެފައި ނުވިނަމަވެސް މި ދެ ކުންފުނީގެ ނެޓްވޯކް ބޭނުންކޮށްގެން މިހާރު ބަރަހަނާ ސައިޓްތަކަށް ނުވަދެވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ސަރުކާރުން ވަނީ މިފަދަ ސައިޓްތައް ބްލޮކް ކުރަން އިއްޔެ އަންގާފައެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުމަށް ދީނީ ޢިލްމުވެރިންގެ އިތުރުން ގިނަ އާންމު ރައްޔިތުން ވަނީ ސަރުކާރުތަކަށް ގޮވާލާފައެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ސަރުކާރަކުން ބަރަހަނާ ސައިޓުތައް ބުލޮކް ކޮށްފަ ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިވަނީ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ އާންމު ރައްޔިތުން އެދުނުގޮތަށް މިކަން ވެސް ކޮށްދެއްވާފައެވެ.









