Search Streamline Icon: https://streamlinehq.com

ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުމަކީ ގައުމަށް ޣައްދާރުވުން: ރައީސް

GAlvsfyasAA7zg1

ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުމަކީ ގައުމަށް ޣައްދާރުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފައިވާތީ އެކަމާއި ގުޅިގެން ވާހަކަފުޅުދައްކަވަމުންނެވެ. މަޖިލީހުން ނިންމުންތަކެއް ނިންމާފައި ވަނިކޮށް އެމްޑީޕީއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ތިމާމެންގެ އާރާއި ބާރު ދައްކާލަން ބޭނުންވުމުން ގައުމާއި ރައްޔިތުންނަށް ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ނިންމުމަކީ ޣައްދާރުވުން ކަމަށެވެ.

”ގައުމަށް ދެރައެއް ލިބޭނެހެން ކަންކަން ރާވައި ހިންގައި ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،“ އެމްޑީޕީގެ މެންބަރުންނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ބިން އަބަދުވެސް ހިމާޔަތްކޮށް ރައްކާތެރިކުރެވެން ވާނެ ކަމަށާއި އެކަމަށްޓަކައި އުފައްދަންޖެހޭ ބާރެއް ވާނަމަ އެކަމެއް ކުރަންވާނެ ކަމަށެވެ. ގައުމިއްޔަތު އަލުން ދިރުވާ އާލާކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ވައުދުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ކާމިޔާބު ކަމާ އެކު ކުރިއަށްދާނެ ކަމެއް ކަމަށެވެ. ގައުމިއްޔަތު ދިރުވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި މިމަސައްކަތުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލުންވެސް ސަރުކާރަށް ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ..

ޤައުމެއް ސަލާމަތްކުރުމުގައި ޤައުމީ ލޯބި މުހިންމުވަނީ މިހެންވެގެން ކަމަށާއި ޤައުމަކަށް ދައުލަތެއް ލިބެނީ އެ ޤައުމެއްގެ އަތުގައި ބިމެއް އޮވެގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ބިން ދިފާޢުކުރުމުގެ ރޫޙާއި ކެރުމާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމުގެ ޤާބިލުކަން އެ ޤައުމެއްގައި އުފައްދަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *