ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައިފައިވަނީ ރައީސް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައިި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަހީބު ވިދާޅުވީ ޙައްޖަށް ގެންދިޔުމަށް ގިނަ ޢަދަދެއްގެ ބަޔަކު ނަން ނޯޓްކޮށް ފައި އޮތް އޮތުމަށް ރިޢާޔަތް ކޮށް ޙައްޖުވެރިންގެ އިންތިިޒާރު ދިގުލައިގެން ނުދިޔުމަށާއި ޚިދްމަތުގެ އިތުބާރު ބޮޑުކުރުމަށް، ދިވެހި ރާޢްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ރާއްްޖެއަށް މި ލިބެނީ 1000 ކޯޓާކަމަށާއި އެހެންވީމަ މިޢަދަދު އެއްކޮށް ޙައްޖު ކޯޕަރޭޝަނަން ދެއްވާގޮތަށް މިހާރު ވަނީ ނިންމަވާފަކް ޝަހީބު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ލުއިފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށް މަޝްވަރާ ކުރެވިގެން ދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަހީބު އިތުރަށް ވިދާޅުވީ ޙައްޖު ކޯޓާގެ ލުއިފަސޭހަ ކަމުގެ ވަޢުދަކީ 31 އޮގަސްޓުގައި ޅ ނައިފަރުގައި ބޭއްވުނު ކެމްޕޭނު ޖަލްސާގައި ރައީސް ޑރ މުޙައްމަދު ވެ ވަޑައިގެންނެވި ވަޢުދެއް ކަމަށެވެ. އަދި މޯލްޑީވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓުކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމަށް މަގުފަހި ކުރުމަކީ ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވައިފައިވާ ކަމަކެވެ.









