Search Streamline Icon: https://streamlinehq.com

ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

GBi UbrbQAA9uhI

އަންނަ ރަމަޟާންމަހުން ފެށިގެން ކޮންމެ ރަމަޟާންމަހެއްގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ. އާދިއްތަ ދުވަހު އޮތް ކެބިނެޓު ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ، ރައީސްގެ މި ނިންމެވުމަކީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ރައީސް ނިންމެވި ނިންމެވުމެއްކަމަށެވެ.

ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް، ރައީސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އޯގަސްޓް 29 ގައި ބ.އޭދަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

ބިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭ ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފަޚުރުވެރިވެ ތިބޭ ބައެއްކަމަށާއި، ދިވެހިންގެ ހުރިހާ އަސާސެއްވެސް ބިނާވާން ޖެހޭނީ އިސްލާމް ދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށްކަމަށެވެ.

އެގޮތުގެ މަތިން ސަރުކާރުގެ ސިޔާސަތުތަށް އިސްލާމްދީނުގެ މަގުން އަޅުކަން ކުރެވޭނޭ ގޮތަށް މަގުފަހިވެފައި އޮތުމަކީ، ރައްޔިތުން ވަރަށް އުފާކުރާނޭކަމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *