Search Streamline Icon: https://streamlinehq.com

ރަސްމާލޭގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި. މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީީސް

412027621 735774265254480 8060858818154989875 n

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ”ހަފްތާ14″ގައި ހިމެނޭ މުހިންމު މަޝްރޫޢުއެއް ކަމުގައިވާ ކ.ފުށިދިއްގަރުފަޅު މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފިއެވެ.

ސީއެމްސީ އާއި ޙަވާލުކޮށްފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މި މަޝްރޫޢު ފައްޓަވައިދެއްވީ، ރައީސް ޑރ.މުޢިއްޒުއެވެ.

މި މަޝްރޫޢު ފައްޓަވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ އެތަން ހިއްކަނީ ”ރަސްމާލެ“ ގޮތުގައި ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢު، އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ މަޝްރޫޢުގެ ދަށުން ހިއްކާ ފުށުދިއްގަރުފަޅު ސަރަހައްދު ހުޅުމާލޭގެ ތިން ގުނަ ވަރަށް ބޮޑު ވާނެ ކަމަށެވެ.

ފުށިދިއްގަރުފަޅުގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ވަނީ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައެވެ. މި މަޝްރޫއުއަށް ފައިސާ ހޯދާނެ ގޮތެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫޢުގެ ބޭނުމަށް ރައީސް ޑރ. މުއިއްޒުވަނީ، އެ މަނިކުފާނަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުން ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު، ކ. ގުޅީގެ އިހްތިޞާސުން އުނިކުރައްވައިފައެވެ. އެ ފަޅުން 800 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުޢިއްޒުގެ ބޮޑު ތަސައްވުރެކެވެ. ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގެ ކެމްޕެއިންގައި ވަނީ އިއުލާނު ކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *