Search Streamline Icon: https://streamlinehq.com

ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓަކާއި އެކު ހައުސިން ލޯން ސްކީމެއް ތައާފަފުކުރަނީ

412027621 735774265254480 8060858818154989875 n

ބޯހިޔާވަހި ކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން 5 ޕަސެންޓަށް ވިރެ ކުޑަ އުންޓެރެސްޓަކާއި އެކު ހައުސިން ލޯން ސްކީމެއް ތައާފަފުކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ރައީސް ޑރ މުޚައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިން ފުށިދިއްގަރުގެ ނަމުގައި ހިންގަން ނިންމި މަޝްރޫއު ”ރަސްމާލެ“ އަށް ބަދަލުކޮށް ހިއްކަން ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހައުސިން ލޯން ސްކީމަކީ އިންތިހާބީ ވައުދެއް ވެސް ކަމަށާއި އެ ވައުދާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ދޫކުރާ އެކި ބާވަތުގެ ލޯނު ސްކީމްތައް ތައާރަފުކުރުމަށްޓަކައި ބޭންކިން ނިޒާމުގެ ތެރެއިން ފަހިކުރަން ޖެހޭ ކަންތައްތައް ހަމަޖައްސައި އެކަންތައް އިއުލާން ކުރައްވާނެ ކަމަށެވެ.

އަދި ރައީސް ވިދާޅުވި ގޮތުގައި 5 ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި ދޫކުރާ އެ ލޯނުތައް ތައާރަފޔުކުރުމަށްޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުން ދޫކުރި ގޯތިތަކުގައި ގެދޮރު ބިނާކުރަން ދޫކުރާނެ ކަމަށް ވައުދުވެފައިވާ ލޯނުތައް ވެސް ހިމެނޭނީ އަލަށް ތައާރަފުކުރާ ސްކީމްގެތެރެއިން އެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *