މާސްޓާކާޑް ބޭނުން ކުރާ ކަސްޓަމަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ ޖަނަވަރީ 18 އިގެ ނިޔަލަށް ބީއެމްއެލް އިން ފެށި މި ޕްރޮމޯޝަން އާއި ގުޅޭގޮތުން ބޭންކުން ބުނީ ކޮންމެ ހަފުތާއަކު މާސްޓާކާޑު ބޭނުން ކޮށްގެން މަދުވެގެން 500ރ. ގެ ވިޔަފާރި ކުރުމުން ލަކީ ޑްރޯގައި ބަރިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އަދި މި ލަކީ ޑްރޯގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވާ ފަރާތަކަށް އައިފޯން 15 ޕްރޯ އެއް ލިބޭނޭ ކަމަށެވެ.
މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ މީހުނަށް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ އެވެ.









