ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭ ގޮތަށް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިހާރުގެ މުސާރަތައް ހަމަޖެހިފައިވާ ގޮތުން، މަޖިލިސް މެމްބަރަކަށް މުސާރައިގެ ގޮތުގައި 62،500 ރުފިޔާއާއެކު، ކޮމިޓީ އެލަވެންސްއާއި ހިމެނުމުން މަހަކު 82،500 ރުފިޔާ ލިބިވަޑައިގަންނަވެއެވެ.
މިއަދު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލިސް މެމްބަރުންނަށް މަހަކު 80،000 ރުފިޔާ ބޮޑު ކުރުމަށެވެ. އެގޮތުން މި މުސާރައަށް ބަލާއިރު، ކޮމިޓީން ފާސްކުރި ގޮތަށް ބަލާއިރު، ކޮމިޓީ އެލަވެންސް އެއްކޮށްލުމުން މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރަ މަހަކު 100،000 ރުފިޔާއަށް އަރައެވެ. ކޮމިޓީ އެލަވެންސްގެ ގޮތުގައި މެމްބަރުންނަށް މަހަކު 20،000 ރުފިޔާ ލިބެއެވެ.
މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް، ނައިބު ރައީސް، މިނިސްޓަރުން އަދި މިނިވަން މުއައްސަސާތަކުގެ މުސާރައަށް މިއަދު ކޮމިޓީން ގެނައި ބަދަލާއެކު، ކޮންމެ މަގާމަކަށްވެސް މުސާރައަށް ގާތްގަނޑަކަށް 25 ނުވަތަ 30 އިންސައްތަ ބޮޑުވެގެންދާނެއެވެ.









