ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 100،000 އަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައިވާއިރު، ރައީސް އާއި ނައިބު ރައީސް ހިމެނޭހެން ދައުލަތުގެ އިސް މަގާމު ތަކުގައި ތިއްބެވި ފަރާތް ތަކާއި، މޭޔަރުން އަދި ކައުންސިލަރުންގެ މުސާރަ ވެސް ބޮޑު ކުރަން މާލިއްޔަތު ކޮމިޓީ އިން ފާސް ކޮށްފިއެވެ.
އަންގާރަ ދުވަހު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލު ވުމުގައި މެމްބަރުން ވަނީ އަންނަ އަހަރަށް ފާސް ކުރާ ބަޖެޓުގައި ރައިސް، ނައިބު ރައީސް، މިނިސްޓަރުން، ދައުލަތުގެ އިސް މަގާމު ތަކުގަތި ތިއްބެވި ފަރާތް ތައް، މޭޔަރުން އަދި ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަ އަޅަން ނިންމަވާފައެވެ. އަދި މުސާރަ އަށް ގެންނަވާނެ ބަދަލު ތައް ވެސް ވަނީ ނިންމަވާފައެވެ.
މުސާރަ އަށް ބަދަލު ގެންނަވަން ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސް ވި ކަމުގައި ވިޔަސް ރައީސް އަދި ނައިބު ރައީސް ގެ މުސާރަ ގާނޫން އަސާސީގައި ބަޔާން ކޮށްފައިވާތީ އެކަން އިސްލާހު ކުރުމަށް ލަފާ ދިނުމަށް ވެސް ކޮމިޓީ ބައްދަލުވުމިގައި ވަނީ ނިންމަވާފައެވެ. ކޮމިޓީ އިން މުސާރަ ބޮޑު ކުރަން ނިންމި ކަމުގައި ވިއަސް މިކަމާ ގުޅޭ އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖުލީހުހެ ތަޅުމުގައި ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ފަހުގައެވެ.
އިއްޔެ ބޭއްވި މާލިއްޔަކު ކޮމިޓީގެ ބައްދަލުވުމުގައި މުސާރަ އަށް ގެންނެވުމަށް ނިންމާފައިވާ ބަދަލު ތަކުގެ ތަފްސީލް:
- ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު – 93،000ރ.
- މިނިސްޓަރުން – 72،000ރ.
- ރައްޔިތުންގެ މަޖިލިސް މެންބަރުން – 80،000ރ.
- މަޖިލީހުގެ ރައީސް – 90،000ރ.
- މަޖިލީހުގެ ނައިބު ރައީސް – 88،000ރ.
- އުއްތަމަ ފަނޑިޔާރު – 91،000ރ.
- އެމްއެމްއޭ ގަވަރުނަރު – 74،000ރ.
- އޮޑިޓާ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލް- 74،000ރ.
- މޭޔަރު – 46،000ރ.
- ޑެޕިއުޓީ މޭޔަރު- 40،500ރ.
- ސިޓީ ކައުންސިލް މެންބަރުން 35،000ރ.
- އަތޮޅު ކައުންސިލް ރައީސް 33،000ރ.
- ރަށު ކައުންސިލް ރައީސް 25،500ރ.
- ރަށު ކައުންސިލް ނައިބުން 20،000ރ.
- ރަށު ކައުންސިލަރުން 18،000ރ.









