Search Streamline Icon: https://streamlinehq.com

ކެމްޕޭން ދުވަސްވަރު އެންމެ ގިނަ ދިވެހި ރައްޔިތުން އަޅުގަނޑުގާތު ދެއްކެވި އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކަ: ރައީސް

GB0F55dboAEr2eN

ކެމްޕޭން ދުވަސްވަރު ވަކި ޕާޓީއެއްގެ ތަފާތު ނެތި، އެންމެ ގިނަ ދިވެހި ރައްޔިތުން ދެއްކި އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޭއްވި ކަންގަތިކޮލި އެވޯޑް 2023 ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކެމްޕޭން ދުވަސްވަރު ވަކި ޕާޓީއެއްގެ ތަފާތު ނެތި، އެންމެ ގިނަ ދިވެހި ރައްޔިތުން ދެއްކި އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކަ ކަމަށެވެ. އަދި ކުދިކުދި ގޮޅިގޮޅީގައި ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކައާއި އެ ދިރިއުޅުމުގެ އަރާމެއްނެތް ވާހަކަކަމަށެވެ.

ރައީސް ވިދާޅުވީ އޭރު ރައްޔިތުން ދެއްކި ނިކަމެތި ހިތްދަތި އިޙްސާސްތަކުގެ ވާހަކަ އާއި ތަދިހާލުގައި ދަރިން ގޮވައިގެން އުޅެންޖެހުނު އެ މަންމައިންގެ ލޮލުން އޮހުނު ކަރުނަޔާއި އެ ވަގުތު ހިތްތަކަށް ކޮށްފައިވާ އަސަރު އަދި އެ އަޑުތަކުގައި ހުރި ވޭނާއި ރިހުމުގެ އިހުސާސްތައް މި ހިނދު މި ތަންވަޅު ވެސް ހަމަ ވީޑިއޯ ފީތާއެއްހެން ސިކުނޑީގައި ހުޅުވި އެބަ ދައުރުވާކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު ގެދޮރުވެރިކަން ނެތިގެން ހިތާމައާއި ދެރަ އުފުލާކަށް ދެން ނުޖެހޭނެ ކަމަށާއި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް ދާއިމަށް ނިމުމެއް ގެންނަވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ގެދޮރުވެރިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ފެށި މަޝްރޫއު ކަމުގައިވާ ރަސްމާލެ ވާނީ ނިކަން ވިދުންހުރި ސިޓީއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތިމާވެށްޓާ ރައްޓެހި، ޒަމާނީ، ޑިޖިޓަލް، ސްމާޓު ސިޓީއެއްގެ ގޮތުގައި ބިނާ ކުރާ ރަސްމާލެ ވެގެން ދާނީ ހަމައެކަނި ރާއްޖޭގައި ނަންވިދާލާ ސިޓީއަކަށް ނޫންކަމަށާއި މި ސިޓީ އަކީ ދުނިޔޭގައި ވެސް ނަންވިދާލާ ނަމޫނާ ސިޓީއަކަށްވެގެން ދާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *