Search Streamline Icon: https://streamlinehq.com

އިސްލާމިކް މިނިސްޓްރީން އިސްލާމީ ޓީވީ ޗެނަލަކަށް ކިޔާނެ ނަމެއް ހޯދަނީ!

GB2OcgHaQAEkcNE

އިސްލާމީ ޓީވީ ޗެނަލަކަށް ކިޔާނެ ރީތިނަމެއް ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހޯދަން ފަށައިފިއެވެ.

އެމިނިސްޓްރީން މިކަމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ޕޯސްޓެއްގައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައިދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުގައި ވިދާޅުވެފައިވަނީީ އިސްލާމީ ޓީވީ ޗެނަލަކަށް ކިޔަން ރީތި ނަމެއް ހުށަހަޅުއްވައި ދެއްވުމަށެވެ. އަދި މިސާލު ޖައްސަވާ އެ ޕޯސްޓުގައި މިނިސްޓަރ ލިޔުއްވާފައިވާ ބައެއް ނަތަކުގެ ތެރޭގައި ހުދާ. ނޫރު. މުދައްރިސް ހިމެނެއެވެ.

”އިސްލާމީ ޓީވީ ޗެނަލަކަށް ކިޔަން ރީތި ނަމެއް ހުށަހަޅުއްވައި ދެއްވާ. މިސާލަކަށް. ހުދާ. ނޫރު. މުދައްރިސް..“ މިިސްޓަރ ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ ޝަހީމު ވަނީ އިއްޔެ އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދަށް ފަހު އެ މަރުކަޒުގެ ފަންގިފިލާތަކުގައި ސްމާޓް ޓީވީ ހަރުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދަޅުވެފައެވެ.

ހުކުރު ނަ،މާދަށް ފަހު އެކްސް ގައި ކުރެއްވެވި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގައި ހުރިހައި ފަންގިފިލާ ތަކަށް އިމާމު ނުވަތަ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތަށް ހުރިހާ ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރަން ނިންމާފައިވާކަމަށެވެ.

”އިސްލާމީ މަރުކަޒުގަ ހުރިހައި ފަންގިފިލާ ތަކަށް އިމާމު/ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތައް ހުރިހައި ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރާ ގޮތައްވަނީ ނިންމާފަ. އިންޝާ ﷲ ވަރަށް އަވަހަށް މަސައްކަތް ފަށާނެ.“ މިނިސްޓަރ ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޝަހީމް ވިދާޅުވީ ހުތުބާ ކިޔާ މީހާ ފެންނަން ހުރުމަކީ ޝައުގުވެރިކަން ބޮޑުވާނެކަމެެއްކަމަށާއި، އެކަމުގެ ސަބަބުން ހުތުބާ އަޑު އަހަން އިތުރު ސަމާލުކަން ދޭނެކަމަށެވެ. އަދި އިޝާރާތުގެ ބަހުން ސްކްރީނުން ފެންނާނެކަމަށާއި އޭރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުތުބާ ބުނެދެވޭނެކަމަށެވެ.

 

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *