Search Streamline Icon: https://streamlinehq.com

ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް އޮރެންޖް އެލާޓް ނެރެފި

1li5w0d4rsFV07PanZcp

މޫސުން ގޯސްވެ ޏ. ފިވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މޫސުން ގޯސްވެ ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހިސާބަށް 13:20 ން ފެށިގެން 15:20 ށް އޮރެންޖް އެލާޓް ނެރެފައިވާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އޮރެންޖް އެލާޓް ނެރެފައިވަނީ ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ވިލާގަނޑުގައި 50 މޭލު ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވުމުން ކަމަށެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެއެވެ.

ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 8 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *