Search Streamline Icon: https://streamlinehq.com

ޔަގީންކަން މި ދެނީ. މި ދައުރު ނިމޭއިރު، ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް މާލެއަކު ނުހުންނާނެ: ރައީސް

20240106

މި ދައުރުގެ ފަސް އަހަރު ނިމޭއިރު، މާލޭގައި ގެދޮރުގެ މައްސަލަ ހައްލުވާ ހަމަ އެކަކުވެސް ނުހުންނާނޭ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭކަމަށް ރައީސް ޑރ، މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅިވެފައިވަނީ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފްޞީލް ދެއްވަމުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފުރިހަމަ ޔަޤީންކަން ދެއްވާކަމަށާއި އެގޮތުން އެމަނިކުފަަނުގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު، މާލޭގައި ގެސޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.

”ހަމަ އެންމެ ދިވެހި ރައްޔިތަކު ވެސް ނުހުންނާނެ، އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީންކަން މި ދެނީ. މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިމާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އެ ތަންތަން ހިއްކާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިއްކަން ނިންމި ވަރަށް ވުރެ ބިން ވެސް އިތުރުވާ ގޮތަށް ކަމަށެވެ.

އަދި މީގެ އިތުރުން އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ އުންމީދާއި ގުޅިފައިވާ ރަސްމާލެ މަޝްރޫޢުގެ ވާހަކަ ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ  މި ދައުރުގެ ފަސް އަހަރު ނިމޭއިރު މި ބިމުން އުފެދޭ ޖާގައާ އެކު އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމާ ގެދޮރުގެ ދަތިކަން ފިލައިގެން ދާނޭކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނުގެ ގޮދޮރުވެރިކަމުގެ ވަޢުދު ބާރު ސްޕީޑުގައި ފުރިހަމަ ކުރުމަށް މޭޔަރުކަމުގެ ގޮޑިއަށް ސަރުކާރުގެ ކެންޑިޑޭޓު  އުސްތާޛާ އާޒިމާ އިންތިހާބު ކޮށްދެއްވުމަށް މާލޭ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *