Search Streamline Icon: https://streamlinehq.com

ބެލެނިވެރިން ނުކުމެ ލ. ދަނބިދޫ ސްކޫލް ބަންދު ކޮށްފި

IMG e9a475e14b82d4aa65301f3a4e4e7e75 V 1024x768

ބެލެނިވެރިން ނުކުމެ އިޖުތިޖާޖެއް ފަށައި ލ. އަތޮޅުގެ ދަނބިދޫ ސްކޫލް ބަންދު ކޮށްފި އެވެ.

އެ ރަށު ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންގެ ގިނަ ބަޔަކު ނުކުމެ އިހްތިޖާޖް ފަށާއި ސްކޫލް ބަންދު ކޮށްފައި ވަނީ ކިޔަވައިދޭ މާއްދާތަކަށް ހަމަވާ ޓީޗަރުން ނެތިގެނާއި ޓީޗަރުން މަދުވެގެނެވެ. އަދި ތިބި ޓީޗަރުންގެ ތެރެއިން ދެ ޓީޗަރަކު ކިޔަވައި ދޭން ނުނިކުންނާތީ އެވެ.

އިހުތިޖާޖަށް ދިޔަ މީހުން ބުނެފައިވާ ގޮތުގައި އެ ރަށު ސްކޫލްގައި މާއްދާތައް މިހާރު ކިޔަވައި ދެނީ އެންމެ ޓީޗަރެކެވެ. ސްކޫލް ބަންދުކުރީ އެކަން ރަނގަޅުކޮށް ދޭން އެދި އެދި އިސްލާހު ނުކުރުމުންނެވެ.

މީގެ އިތުރުން އެރަށު ސްކޫލްގެ މައި ހޯލުގެ ސީލިންގާއި ބައެއް ޕާޓިޝަންތައް ވަރަށް ބޮޑަށް ހަލާކުވެފައި މައްސަލަ ވެސް ބެލެނިވެރިން ޖައްސަ އެވެ. މިއަދު އެ ރަށުގައި އިހުތިޖާޖް ކުރާ އިރު އެ ސްކޫލް ޕްރިންސިޕަލްގެ އިސްތިއުފާއަށް ވެސް އެ ރަށު މީހުން ގޮވާލަމުން ދެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *