Search Streamline Icon: https://streamlinehq.com

މާލޭ ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަން މަސައްކަތްނުކުރޭ: ޞާލިޙު

20240112

މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަން މަސައްކަތްނުކުރާ ކަމަށާއި، މިހާރު ފަށާފައިވާ ކަންކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ފައްޓާން ތައްޔާރުވެފައި ހުރި ކަންކަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްވަމުން ޞާލިޙު ވިދާޅުވީ  މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަން މަސައްކަތްނުކުރާ ކަމަށާއި، މިހާރު ފަށާފައިވާ ކަންކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ފައްޓާން ތައްޔާރުވެފައި ހުރި ކަންކަން ކަމަށެވެ.

ޞާލިޙު ވިދާޅުވީ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ދެން އަޅައިނުލައި ނުތިބެވޭނެކަމަށެވެ.

ރައްޔިތުން މި ސަރުކާރު އިންތިހާބުކުރީ ބޮޑެތި އުއްމީދުތަކަކާއި އެކު ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުން ރައްޔިތުން މާޔޫސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޞާލިހު ވިދާޅުވީ މި ސަރުކާރާއި މެދު ކުރެވުނު އުއްމީދު ގެއްލިއްޖެކަމަށާއި ފެންނަނީ ދޮގު މައްޗަށް ދޮގު ހަދާތަންކަމަށެވެ.

އަދި ހުރިހާ ރައްޔިތުންވެސް ތިބީ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީގެ ޒިންމާ އަކީ ސަރުކާރު ޖަވާބުދާރީކުރުން ކަމަށްވާއިރު ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވަން ފަހަތަށް ނުޖެހޭނެ ކަމަށް ޞާލިހު ވިދާޅުވިިއެވެ.

ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމާއި، މަގުމަތީގެ ޓްރެފިކްގެ އިތުރުން ޕާކިންއަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. ސާފުތަހިރުކަމުގެ މައްސަލަ އާއި ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދައިދިން ކަމަށެވެ.

އޭގެ ތެރެއިން ގިނަ ކަންތައްތަަކަކީ ގާނޫނީ ގޮތުން ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ކަންތައްތައް ކަމަށާއި، ނަމަވެސް މިހާރު އޮތް ކައުންސިލުން އެކަމަށް އިހުމާލުވެފައިވާ ކަމަށް ޝާލިހު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *