Search Streamline Icon: https://streamlinehq.com

ފެންބޮޑުވެ ގެއްލުން ވެގެން މާލޭގެ 144 ގެއަކުން ގުޅާ އެހީތެރިކަމަށް އެދިފައިވޭ: އެންޑީއެމްއޭ

FB IMG

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުން ވެގެން މާލޭގެ 144 ގެއަކުން ގުޅާ އެހީތެރިކަމަށް އެދިފައިވާކަމަށް އެންޑީއެމްއޭ އިން ބުނެފިއެވެ.

އެފަރާތުމް ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުން ވެގެން މާލޭގެ 144 ގެއަކުން ގުޅާ އެހީތެރިކަމަށް އެދިފައިވާކަމަށާއި މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަަމަށެވެ.

މީގެ އިތުރުން 91 ގެއެއްގައި ވެލި ބަސްތާ ޖައްސައިދީފައިވާއިރު، އަށް ގެއެއްގެ 57 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ފެންބޮޑުވެ ބައެއް ގޭގައި ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ވަނީ ހަލާކު ވެފައެވެ. ފެންބޮޑުވުމާއި ގުޅިގެން ސިފައިން މަގުތަކަށް ނިކުމެ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުންދާތީ ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ ވެހިކަލް ޒަރޫރީ ބޭނުންތަކުގައި ނޫނީ މަގުތަކުގައިބނުދުއްވަން ފުލުހުން ވަނީ އަންގައިފަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *