ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ބަލީގައި ރޭ ފަތިހު ރާއްޖެއިން 30 އަހަރުގެ ޒުވާން އަންހެނަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރަެއްވި ގޮތުގައި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 30 އަހަރުގެ އަންހެނަކު ރޭ ފަތިހު 4:30 ގައި ވަނީ ނިޔާވެފަ އެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ގިނައިން މަރުވަނީ އުމުރުން ދުވަސްވީ މީހުން ނަމަވެސް، މިއީ އެބަލީގައި ރާއްޖެއިން މަރުވި ފުރަތަމަ ދިވެހި ޒުވާން މަންމަ އެވެ. ރޭ ނިޔާވި އަންހެން މީހާ އަކީ ދެކުދިންގެ މަންމަ އެކެވެ.
ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު ވަނީ 97 އަށް އަރާފަ އެވެ.









