އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްފި އެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި މިއީ 16ވަނަ ފަހަރެވެ.
އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރި މިއީ 16 ވަނަ ފަހަރެވެ. މި އަދު މި އިތުރުކުރި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ އަންނަ ޖުލައި މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް ދެމިގެން ދާނެއެވެ.
ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ޤަރާރުގައިވަނީ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައިވަނީ، ދިވެހިރާއްޖޭގައި އަދިވެސް ކޯވިޑް ބަލީގެ ނުރައްކާ އޮތުމުން އެނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ އަރުއްވާފައިވާތީ ކަމުގަ އެވެ.
ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާއިރު ކޮވިޑް-19ގެ ކޭސްތައް އެހެން އެއްވެސް ދުވަސްވަރެއްގައި ނުދާހާ މައްޗަށް އަރާ، ބަލީގެ ނުރައްކާވަނީ ބޮޑުވެފައެވެ. ވޭތުވެދިޔަ މެއިމަހުގެ ތެރޭގައި 34516 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ކޮވިޑްގެ ކޭސްތަކުގެ އަދަދު ވެސް ހުސްވި މެއިމަހުގެ ތެރޭގައި 2000 އިން މައްޗަށް އަރާފައިވެ އެވެ.
ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް މީހުނެގެ ތެރެއިން 157 ދިވެހިންނާއި 16 ބިދޭސީން ވަނީ ނިޔާވެފަ އެވެ.









